ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) މާދަމާއިން ފެށިގެން މަސައްކަތްކުރާނީ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ގޮތުގައި ކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެންއީއޯސީގެ މަސައްކަތްތައް މިއަދަށް ނިމި މާދަމާއިން ފެށިގެން އެންއީއޯސީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.
"އެންއީއޯސީގެ މަސައްކަތް މިއަދަށް ނިމި މާދަމާއިން ފެށިގެން އެޗްއީއޯސީއަށް ބަދަލު ކުރެވި މަސައްކަތްތައް ކުރިއަށްދާ ގޮތަށް ވަނީ ރޭވިފައި،" މަބްރޫކް ވިދާޅުވިއެވެ.
އެންއީއޯސީގެ މަސައްކަތްތައް މާދަމާއިން ފެށިގެން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އެންއީއޯސީގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ދަރުބާރުގެއަށް ކުރެއްވި ޒިޔާރަތުގައެވެ.
އެންއޯއީސީގައި މަސައްކަތްކުރާ ފަރާތްތަކާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް އާ މަރުހަލާއަކަށް ބަދަލުކުރައްވާނެ ކަމަށާއި އެގޮތުން އެންއީއޯސީން ކުރަމުން އައި މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެގެންދާނެ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު