މާދަމާ އިން ފެށިގެން ފިހާރަތަކަށް ވަދެ ރޭގަނޑު 10:00އާ ހަމައަށް ވިޔަފާރިކުރެވޭނެ ކަމަށާއި ރޭގަނޑު 11:00އާ ހަމައަށް ޑެލިވަރީތައް ކުރެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.
މީގެ ކުރިން ފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ ރޭގަނޑު 9:00އާ ހަމައަށެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކެފޭތަކާއި ހޮޓާ، ރެސްޓޯރަންޓްތައް ހެނދުނުން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް ހުޅުވައި ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ޑެލިވަރީގެ ހިދުމަތް ރޭގަނޑު 11:00 ޖަހަންދެން ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ފިހާރަތަކަށްވެސް ރޭގަނޑު 10:00އާ ހަމައަށް ހުޅުވާފައި ބަހައްޓައިގެން ހިދުމަތް ދެވޭނެ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނެ ވަގުތު އިތުރުކުރިކަމުގައިވިޔަސް ގައިދުރުކަމަށް ބެހެއްޓޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައި ހުންނަން ޖެހޭނެ ކަމަށެވެ.
މާދަމާއިން ފެށިގެން ލޮކްޑައުނަށް ބޮޑެތި ލުއިތައްދޭއިރު، ކޮވިޑު ނެތް ރަށްރަށުގެ ސްކޫލުތަކުގެ އިތުރުން މާލޭގެ ބައެއް ސްކޫލުތައްވެސް ކީސްޓޭޖް 4 އަދި 5ގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހުޅުވާލާނެއެވެ. ސުކޫލްތައް ހުޅުވި ނަމަވެސް ޓިއުޝަން ސެންޓަރުތަކުން ހިދުމަތް ދިނުން މަނަލެވެ.
މީގެ އިތުރުން މާދަމާއިން ފެށިގެން ހުރިހާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ދަތުރުތައް ވެސް ފަށާނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު