ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމަށް އަންނަ ބުރާސްފަތި ދުވަހު ހާއްސަ ފްލައިޓެއް އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ އައުމަށް ބާއްވާ ފްލައިޓެއް ބުރާސްފަތި ދުވަހު އޮންނާނެ ކަމަށާއި މޯލްޑިވިއަންގެ މި ފްލައިޓުގައި 200 ދިވެހިން ގެނައުމަށް ޖާގަ ލިބޭނެ ކަމަށެވެ.
މި ފްލައިޓުގައި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އެކަން އެންގުމުން އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖެ އައުމަށް ޓިކެޓު ގަންނަން ޖެހޭނީ އަމިއްލައަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން އަންނަނީ ރާއްޖޭގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މީގެ ކުރިންވެސް ވަނީ ލަންކާ ހިމެނޭހެން އެތައް ގައުމެއްގައި ތިބި ދިވެހިން ރާއްޖެ ގެނެސްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު