އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ (އައިއޭއެސްއެލް)ގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިއުލާނު ބާތިލުކޮށް، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޝްރޫއަކީ އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ޑިޒައިން ތައްޔާރުކުރުމާއި ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
އައިލެންޑް އޭވިއޭޝަނުން އިއްޔެ ގެޒެޓުކުރި އިއުލާނެއްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ދިހަ ވަނަ ދުވަހު އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ކުރި އިއިލާނު ބާތިލްކޮށް ބުނީ، އެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ގާބިލު ކޮންސަލްޓެންސީ ފާމުތަކަށް އަލުން ޕްރޮޕޯޒަލް ހުށަހެޅުމު ފުރުސަތު ހުޅުވާލާ ކަމަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ އީއޯއައި ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހޭނެއެވެ. އީއޯއައި ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާނީ މި މަހުގެ 17ގެ ނިޔަލަށެވެ.
ޝައުގުވެރިކަން ފާޅުކުރުމުގެ މެއިލް ފޮނުވަން ޖެހެނީ އައިލެންޑް އޭވިއޭޝަންގެ ޕްރޮކިއުމަންޓް އެޑްމިންގެ އީމެއިލް އެޑްރެހަށެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
މި މަސައްކަތާ ގުޅޭ ރިކުއެސްޓް ފޯ ޕްރޮޕޯޒަލް ލިޔެކިޔުންތަކާއި، އީއޯއައި ފޯމު އަދި ކުރެހުމުގެ އުސޫލުތައް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އައިލެންޑް އޭވިއޭޝަނުން ވަނީ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަކޮށް، ކަނޑައެޅިފައިވާ އިރުޝާދުތަކާ އެއްގޮތަށް ލިޔެކިޔުންތައް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.
އަލީ ޔާމިން
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ކުޅިވަރު
ބޯހިޔާވަހިކަން
ކޮމެންޓް