ރައްޔިތުންގެ މަޖިލީހަކީ ކޮންމެ ފަންނީ ކަމެއްގެ މާހިރުން ތިބޭ ތަނެއް ނޫން ކަމަށާއި މަޖިލީހުގައި ތިބޭނީ ސިޔާސީ މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކޮވިޑް 19 ފަދަ ކަމެއް ދިމާވެގެން، އިއުލާންކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އެކަމަށް ރައްޔިުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު މިއަދު މަޖިލީހުގައި ފަށާފައިވާއިރު، އެ ބިލު މަޖިލީހަށް ފޮނުވުމާ ގުޅިގެން ބައެއް ފަރާތްތަކުން މަޖިލީހަށް ފަޑު ކިޔާފައިވާތީ ރައްދު ދެއްވަމުންނެވެ.
އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑު ކިޔާފައި ވަނީ އާންމު ސިއްހަތުގެ ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހުތަކުގައި ސިއްހަތާބެހޭ ގިނަ ކަންތައްތަކެއް ހިމެނޭތީ އެކަމުގައި ފަންނީ ބޭފުުޅުންގެ މުހިއްމުކަން ފާހަގަ ކޮށެވެ.
މިކަމާގުޅިގެން މަޖިިސް ރައީސް ވިދާޅުވީ، ކޮންމެ ފަންނީ ކަމެއްގެ މާހިރުން ނެތް ނަމަވެސް، މަޖިލިސް ހިނގަމުންދަނީ ފަންނީ މާހިރުން ކައިރިން ކަންކަން އޮޅުން ފިލުވައިގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މަޖިލީހުން ކުރާ ކަމަކީ، ރައްޔިތުން އެދޭ ގޮތަށް ރާާއްޖޭގެ ކަންކަން ކުރިއަށް ގެންދާނެ ސިޔާސަތުތައް ހިމެނޭ ގޮތަށް ގާނޫނުތައް ބައްޓަން ކުރުން ކަމަށެވެ.
މީގެ އިތުރުން ސިއްހީ މާހިރުންގެ މަސްއޫލިއްޔަތަކީ ރާއްޖެއަށް ބަލިމަޑުކަމުގެ ނުރައްކަލެއް އައުމުން އެއަށް ސަމާލުވާން އެދޭ މިންވަރާއި އޭގެ ނުރައްކާ އޮތް މިންވަރު ކަނޑައެޅުމުގެ އިތުރުން އެއިން ސަލާމަތްވުމަށް މަސައްކަތް ކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެކަމާބެހޭ އޭގެ ސިޔާސަތުތައް ކަނޑައެޅުމަކީ ގައުމު ހިންގުމާ ގުޅުން ހުރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް