އިންޑިއާއިން އުފެއްދި ކޮވިޑް ވެކްސިން ޓެސްޓު ކުރުމަށް އިންސާނުން ގަޔަށް ޖަހަން ހުއްދަ ދީފިއެވެ.
ބާރަތު ބަޔޯޓެކް އިން އުފެއްދި ކޮވިޑް ވެކްސިން އަކީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ޓެސްޓުތައް ކުރުމަށް ހުއްދަ ދިން ފުރަތަމަ ވެކްސިން އެވެ.
އިންޑިއާގެ ދަ ޑްރަގް ކޮންޓްރޯލާ ޖެނަރަލް އިން ހުއްދަ ދީފައިވަނީ ބާރަތު ބަޔޯޓެކް އިން އުފެއްދި ކޮވިޑް ވެކްސިން "ކޮވެކްސިން" ގެ ކްލިނިކަލް ޓްރަޔަލްގެ ތެރޭގައި ހިމެނޭ ފޭސް އެކެއް އަދި ދޭއް ކުރިޔަށް ގެންދިއުމަށެވެ.
ބާރަތު ބަޔޯޓެކް އިން ވަނީ އިންސާނުންގެ މެދުގައި "ކޮވެކްސިން" ޓެސްޓު ކުރުމަށް އަންނަ މަހު އިންޑިއާގެ އެކި ސަރަހައްދު ތަކުގައި ފެށުމަށް ތައްޔާރުވެފައެވެ.
އިންޑިއާ އަކީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ގިނަ ކޮވިޑް ކޭސް ފެނިފައިވާ ގައުމެވެ. އެގައުމުގައި އަދިވެސް ކޮންޓްރޯލް ނުވެ ކޮވިޑް ފެތުރި މިހާތަނަށް 16000 މީހުން މިބަލީގައި މަރުވެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ