މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ،
ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މުބާރާތް ކުރިއަށް ގެންދާނީ ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެން ކަމަށެވެ. މާލެސިޓީން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ފޯމް ފުރިހަމަ ކުރުމަށްފަހު މިމަހުގެ 23 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ފަރުމަސްވެރިކަމުގެ މުބާރާތާ ގުޅޭ އާއްމު ގަވާއިދު ވެސް މިނިސްޓްރީން ވަނީ އިއުލާނާ އެކު އާންމުކޮށްފައެވެ. ގަވާއިދު: https://storage.googleapis.com/gazette.gov.mv/docs/iulaan/311695.pdf
މަސްވެރީންގެ ދުވަސް
މަސްވެރީންގެ ދުވަސް
މަސްވެރީންގެ ދުވަސް
ކޮމެންޓް