ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތް ކުރިޔަށްގެންދަނީ އަންނަ ހުކުރު ދުވަހުއެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މާލެސިޓީއިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 (ވިހި) ޓީމަށެވެ.

ފަރުމަސްވެރިކަމުގެ މުބާރާތާގުޅޭ އާއްމު ގަވާއިދުގެ ބައެއް ކަންކަން:

  • ޓީމް ނިސްބަތްވާ ރަށް / މުވައްސަސާ
  • ޓީމުގެ ނަން
  • މެނޭޖަރުގެ ނަން
  • މެނޭޖަރުގެ ފޯނު ނަމްބަރު
  • އައިޑީގައިވާ ގޮތަށް ފުރިހަމަނަން އަދި ނަމްބަރު
  • ޓީމުގެ ލިސްޓު
  • މާލޭ ސިޓީން މުބާރާތުގައި ބައިވެރިވެވޭނީ އިސްވެ ފޯމު ހުށަހަޅާ، ޝަރުތު ހަމަވާ ފުރަތަމަ 20 ޓީމަށް
  • ރަށްރަށުން ބައިވެރިވާނެ ޓީމުތަކުގެ އަދަދު ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުންނެވެފަރާތްތަކުން، ފުރިހަމަކޮށްފައިވާ ފޯމާއި ބޭނުންވާ ލިޔެކިޔުންތައް މާލޭގައި ނަމަ މިނިސްޓްރީއަށް، އަދި ރަށްރަށުގައި ނަމަ ރަށު ކައުންސިލަށް
  • ދެ ޖިންސުގެ ބައިވެރިން ހިމެނޭނެ
  • ޓީމެއްގައި މެނޭޖަރާއެކު 13 މެންބަރުން (އުޅަނދުގެ ފަޅުވެރިން ނުހިމެނޭ)
  • މަހަށް ފުރުމާއި އެނބުރި އައުން، 19 ޖޫން ވާ ހުކުރުދުވަހުގެ 15:00 އިން ލަސްވެގެން 16:00 އަށް ފުރަންވާނެ. އެނބުރި އައުން ލަސްވެގެން އެރޭގެ 21:00 އަށް.
  • ފުރުމުގެ ކުއިން އައިޑީކާޑު ޗެކްކުރުން
  • އެނބުރި އަންނަންވާނީ މަހަށްދިޔަ އުޅަނދުގައި
  • ދިރޭ އެން ބޭނުންކުރުން މަނާ
  • ފުރުސަތު ދިނުމުގައި ބަލާނީ ލިޔެކިޔުންތައް ފުރިހަމަކޮށް އެންމެ އިސްކޮށް ފޯމު ހުށަހަޅާ ތަރުތީބުން

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް (https://tinyurl.com/4xe7p9jv) ފުރިހަމަ ކުރެއްވުމަށް ފަހު މިމަހުގެ 17ގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހެޅުއްވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު 3339225 / 3339272 އާ ގުޅުއްމުން ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.