ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މާލޭ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އައިމަން އިސްމާއިލް 30 ދުވަހަށް ބަންދު ކުރަން ކުރިިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި އައިމަން ހައްޔަރު ކުރީ މި ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ 30 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ މިމަހުގެ ދެވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ވެސް 30 ދުވަސް ކޯޓުން ވަނީ ދީފައެވެ.