މި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޖުމްލަ 508 އޮޕަރޭޝަނެއް ވަނީ ހިންގައިފައެވެ.

މީގެ އިތުރުން 16،852 ބަނގުރާ ފުޅި ވެސް ވަނީ އަތުލައިގެންފައެވެ. އެގޮތުން މި އޮޕަރޭޝަންތަކުގައި ޖުމްލަ 1،327 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ އިރު، އެތަކެތީގެ މަގުމަތީ އަގު 1.4 ބިލިއަން ރުފިޔާއަށް އަރައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި މާލީ ކުށްތަކާއި މަނީ ލޯންޑަރިންގެ 23 މައްސަލައެއް ތަހުގީގުކޮށްފައިވާ އިރު، މަސްތުވާތަކެތީގެ އަމަލުތައް ހިންގަމުންދިޔަ 11 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.