ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ބަޔާން މިއުނިކާއި ޕީއެސްޖީ، ބާސެލޯނާ އަދި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުތައްވެސް ކާމިޔާބުކޮޮށްފިއެވެ.
ޔުނައިޓެޑުން މި ސީޒަނުގައި ދަށް ފޯމެއްގައި އޮތް އިރު، އެޓީމުން ރޭ ރޯމާ ބަލިކުރީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ. އެއީ ރޯމާއިން ފުރަތަމަ ދެ ގޯލް ޖަހާފައި ވަނިކޮށެވެ. އެ މޮޅާއެކު ޔުނައިޓެޑް އޮތީ 17 ވަނައިގައެވެ. އެއީ ކުޅުނު ހަތަރު މެޗުން ދެމެޗު ކާމިޔާބުކޮށް، ހަ ޕޮއިންޓާއެކުގައެވެ.
ޕީއެސްޖީން ރަށުން ބޭރުގައި ވިލަރެއާލް ކައިރިން 6-0 އިން މޮޅުވި އިރު، އެޓީމު އެއްވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓާއެކު ފުރިހަމަ ރެކޯޑެއްގައެވެ. ބާސެލޯނާއިން ރޭ އެސްޓަން ވިލާގެ ފޯމަށް ނިމުން ގެނެސް، 3-0 އިން މޮޅުވި އިރު، ބާސާ އޮތީ ދެވަނައިގައެވެ. އެއީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އެސްޓަން ވިލާވެސް އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ދެޓީމުގެ ފަރަގަކީ ފައިދާ ގޯލެވެ.
ބަޔާނުންވެސް ރޭ އެތުލެޓިކޯ މެޑްރިޑް ކައިރިން ރަށުން ބޭރުގައި 2-0 އިން މޮޅުވި އިރު، އެޓީމު އޮތީ އަށްވަނައިގައެވެ. އެއީ ހަތަރު މެޗުން އަށް ޕޮއިންޓާއެކުގައެވެ.
ޔުނައިޓެޑާއި ރޯމާ ރޭ ކުޅުނު މެޗުގެ ފުރަތަމަ 20 މިނެޓު ތެރޭގައި ރޯމާއިން ދެ ގޯލް ޖެހިއެވެ. އެއީ މަތިއަސް ސޫލޭއާއި ޑޮންޔެލް މާލެން ޖެހި ގޯލުތަކެވެ. މާލެން ގޯލް ޖެހީ ޕެނަލްޓީއަކުންނެވެ. ދެވަނަ ހާފަށް ނުކުމެ ބްރޫނޯ ފެނާންޑޭގެ ޕެނަލްޓީއަކުން ޔުނައިޓެޑް އުންމީދު ހޯދައިދިން އިރު، ދެން އަނެއް ދެ ގޯލްވެސް މެޗުގެ ފަހުކޮޅުގައި ޖެހީ މަތެއަސް ކޫންޏާއެވެ. އޭނާ ނިންމާލީ ރަތް ކާޑަކާއެކުގައެވެ.
ޕީއެސްޖީން ވަނީ ފުރަތަމަ 20 މިނެޓެ ތެރޭގައި ހަތަރު ގޯލް ވިލަރެއާލް ކޮޅަށް ޖަހައިފައެވެ. ޖޮއާއޮ ނެވޭސް، ޑިސައިރޭ ޑޫއޭ، ސެނީ މަޔޫލޫގެ އިތުރުން ފަބިއަން ރުއިޒްގެ އެ ގޯލްތައް ފެނުނު އިރު، ދެވަނަ ހާފުގައި ރުއިޒް އިތުރު ގޯލެއް ޖެހިއެވެ. އަދި އަނެއް ގޯލް ޖެހީ ޑޭވިޑް ބޮލީއެވެ.
ބާސާއިން ކުޅުނު މެޗުގައި އެސްޓަން ވިލާ ކޮޅަށް ގޯލްތައް ޖެހީ ލެމީން ޔަމާލާއި ރަފީނިއާއެވެ. ރަފީނިއާ މެޗުގައި ދެގޯލް ޖެހިއެވެ.
ބަޔާނުން އެތުލެޓިކޯ ކޮޅަށް ގޯލްތައް ޖެހީ ލެނާޓް ކާލްއާއި ކޮންރަޑް ލައިމާއެވެ. ރޭ އިންޓަ މިލާނުން ކުޅުނު މެޗުގައި ފެޔެނޫޑް ކައިރިން 3-0 އިން މޮޅުވި އިރު، އެމެޗުގައި ގޯލްތައް ޖެހީ ޔޭން އޮރެލް ބިޝެކާއި ޕިއޯ އެސްޕޮސިޓޯ އަދި ޕިއޮޓޯ ޒިއެލިންސްކީއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ކޮމެންޓް