އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް އިސްވެ ހުންނަވައިގެން ރަޝިއާއާއި ޔޫކްރެއިންގެ މަންދޫބުންނާ އެކު ވައިޓް ހައުސްގައި ހާއްސަ ބައްދަލުވުމެއް ބާއްވަވަން ނިންމަވައިފިއެވެ.
ވައިޓް ހައުސްއިން އިއްޔެ މިކަން އިއުލާންކޮށްފައިވާއިރު، އެ އިދާރާއާ ހަވާލާދީ ސީއެންބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި މަޝްވަރާކުރާނީ މެލާނިއާ މެދުވެރިވެވަޑައިގެން ޔޫކްރެއިންގެ ހެރްސަން ސަރަހައްދުގެ އޮލެޝްކީގައި ހަމަލާތައް މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުންނެވެ. އަދި އެ ބައްދަލުވުމުގައި މެލާނިއާ ވާހަކަފުޅުދައްކަވާނެ ކަމަށް ވެސް ދަ އިންޑިޕެންޑެންޓުން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް، ރަޝިއާގެ ވަފުދުގައި ދެން ހިމެނޭ ބޭފުޅުންނާއި އެ ބައްދަލުވުމުގެ އެޖެންޑާއާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ޕެސްކޯވް ހާމަކުރައްވައިފައެއް ނުވެއެވެ. އެހެންކަމުން، ވަފުދުގެ އެހެން ބައިވެރިންނާ ގުޅޭ މައުލޫމާތު އަދި ކަށަވަރެއް ނުވެއެވެ.
އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މަސައްކަތު ފެންވަރުގައި ކުރިއަށްގެންދާ މި ބައްދަލުވުމުގައި ހަނގުރާމައަށް ފަހު ގާއިމުކުރާނެ ސަލާމަތީ އެއްބަސްވުންތަކާއި، ހަމަނުޖެހުންތައް ކުޑަކުރުމާއި، އިންސާނީ އެހީތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާކުރާނެއެވެ.
މި ބައްދަލުވުމާ ވަކިން، އަބޫދާބީގައި ނޮވެންބަރު 10 އިން 11 އަށް ޔޫކްރެއިނާއި އެމެރިކާއާ އެކު ބާއްވާ ތިން ފަރާތުގެ ސުލްހައިގެ މަޝްވަރާތަކުގައި ރަޝިއާއިން ބައިވެރިވާނެކަން އެ ގައުމުގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުން އިއްޔެ ވަނީ ކަށަވަރުކޮށްދީފައެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް އިއްޔެ ވިދާޅުވި ގޮތުގައި، ރަޝިއާގެ ވަފުދު އެ ދެ ދުވަހު އަބޫދާބީއަށް ދާނެއެވެ. އަދި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ އެހީތެރިޔާ ވްލަޑިމިއާ މެޑިންސްކީ އެ ވަފުދުގައި އިސްކޮށް ހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ކޮމެންޓް