ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބު ކައިރިން މޮޅުވެއްޖެއެވެ.
މިރޭގެ މެޗަކީ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ލީގުގައި ކުޅުނު އެންމެ ފަހު މެޗެވެ. ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށް ދާއިރު، ރާއްޖޭން ސާފަށް ތައްޔާރުވާން ޓީމުން މާދަމާ އިންޑޮނޭޝިއާއަށް ފުރާނެއެވެ. އެއީ ތަމްރީނު ކޭމްޕަކަށެވެ. އޭގެފަހުން ޓީމުން ބަންގްލްދޭޝްއަށް ދާނީ ރާއްޖެ އައުމަށްފަހުއެވެ.
ލީގު ބްރޭކަށް ދިޔުމުގެ ކުރިން މިރޭ މާޒިޔާއިން ބުރު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މާޒިޔާ ދެވަނައަށް ޖެހިލީ ހަ މެޗުން 13 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބަށް ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފަސް މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ. ބުރަށް މިހާތަނަށް ފަސް މެޗުން ލިބުނީ އެންމެ ތިން ޕޮއިންޓެވެ. އެއާއެކު އެޓީމު އޮތީ ނުވަ ވަނައިގައެވެ.
ފުރަތަމަ ހާފުގައި މާގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިނުވާ އިރު، އެންމެ ރަނގަޅު ހަމަލާއެއް ފެނުނީ މާޒިޔާގެ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)ގެ ފަރާތުންނެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ މަތަކުރީ ބުރުގެ ކީޕަރު ހަސަން އަލީފް އިބްރާހީމެވެ. އޭގެ އިތުރުން ކޯޖޯ ގޮމޭޒް ފޮނުވާލި ހަމަލާއަކާއި ފޭދޫ އިއްބެގެ އިތުރު ހަމަލާއެއްވެސް އަލީފް މަތަކުރިއެވެ.
ދެވަނަ ހާފު ފެށިގެން 62 ވަނަ މިނެޓުގައި މާޒިޔާއިން މެޗުގެ ލީޑު ނެގިއެވެ. ބެންޖަމިން ތޯމަސް ކުކޫ ބަދަލެއް ގޮތުގައި ކުޅެން ނުކުތްތާ މިނެޓެއްވެސް ނުވަނީސް އޭނާ ގޯލް ޖަހައިދިނީ ކޯނަރެއްގައި ތަނަވަސްވި ފުރުސަތެއްގައެވެ. ކޯނަރެއްގެ ތެރެއިން ތަނަވަސްވި ފުރުސަތެއްގައި އޭނާ އޭރިއާ ތެރެއިން އެނބުރިލާފައި ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލް ތެރެއަށެވެ.
އޭގެފަހުން 79 ވަނަ މިނެޓުގައި ދެވަނަ ގޯލްވެސް ޖެހީ ކުކޫއެވެ. އޭނާ އަރިމަތިން ގޮސް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އަލީފް އަތުގައި ޖެހިފައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް