ދަރިވަރުންނާއި ކުޑަކުދިންގެ އަހުލާގީ ފެންވަރު ރަނގަޅުކޮށް، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ބެލެނިވެރިއަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން 18 އަހަރުން ދަށުގެ ކުދިން ބޭރުގައި އުޅުން ހއ. ބާރަށުގައި މަނާކޮށްފިއެވެ.
ބާރަށު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުހިންމު އެއްވެސް ބޭނުމަކާ ނުލައި ގޮނޑުދޮށްތަކާއި، މައިޒާންތަކާއި، ކެފޭ-ހޮޓާތަކުގެ އިތުރުން މީހުން ނޫޅޭ އެކަހެރި ސަރަހައްދުތަކުގައި ކުޑަކުދިން ދަންވަންދެން ވަގުތު ހޭދަކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ގެއްލި، ނޭދެވޭ އެތައް މައްސަލަތަކަކަށް މަގުފަހިވަމުންދާކަމަށް ކައުންސިލުން ބުންޏެވެ.
އެކަމާ ގުޅިގެން ކައުންސިލުން އެކުލަވާލި އުސޫލުގައިވާ ގޮތުން، ބެލެނިވެރިއެއް ނުވަތަ ޒިންމާދާރު ބަދަލުވެރިއެއްގެ ބެލުމުގެ ދަށުން މެނުވީ އެއްވެސް ކުއްޖަކަށް ރޭގަނޑު 9 ޖެހުމަށްފަހު ރަށުތެރޭގައި ހަރަކާތްތެރިއެއް ނުވެވޭނެއެވެ. މީގެއިތުރުން، ރަށުގެ އެކި މުއައްސަސާތަކާއި ޖަމިއްޔާތަކުން ކުޑަކުދިން ބައިވެރިކޮށްގެން ހިންގާ ހަރަކާތްތައް ރާވާއިރުވެސް، އެ ވަގުތުތަކަށް ރިއާޔަތްކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.
އަންނަން އޮތް ޖީލުތަކަކީ ގައުމު ބިނާކުރުމާއި އާއިލީ ހަމަޖެހުމުގެ މައިބަދަ ކަމަށްވާއިރު، އެ ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ރައްކާތެރިކުރުމަކީ އެންމެންގެވެސް ފަރުދީ ޒިންމާއެއްކަމަށް ކައުންސިލުން ބުންޏެވެ.
ހއ. ބާރަށް
ހއ. ބާރަށް
ހއ. ބާރަށް
ހއ. ބާރަށް
ކޮމެންޓް