އިސްލާމްދީނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ޝާއިއުކުރި ޕޯސްޓަކާ ގުޅިގެން ސައޫދީ އަރަބިއްޔާގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ސްރީ ލަންކާގެ އަނޯޖަން ސިވަރާސާ ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
މި މައްސަލައިގައި ލަންކާ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން، އެ ގައުމުގެ ޕްރެޒިޑެންޓްސް ކައުންސެލް ފައިޒަރު މުސްތަފާއާއި އުޕުލް ކުމާރައްޕެރުމާވަނީ ރާއްޖެ ވަޑައިގެން ނަޝީދުއާ މިއަދު ބައްދަލުކުރައްވާފައެވެ.
"ނިއުސްވަޔާ ލަންކާ" ނޫހުން ރިޕޯޓްކުރި ގޮތުގައި، އެ ބައްދަލުވުމުގައި ނަޝީދުވަނީ ސިވަރާސާގެ އަމަލުގެ ނުރައްކާތެރިކަން ފާހަގަކުރައްވައި، ނަމަވެސް އިންސާނިއްޔަތުކަމާއި ކަރާމާތަށްޓަކައި އޭނާގެ ފުރާނަ ސަލާމަތްކުރުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ލަންކާގެ ޕާލަމެންޓުގައި ވާހަކަދައްކަވަމުން އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތަ ހޭރަތު ވިދާޅުވީ، ސައޫދީއަށް ފޮނުވާ ހާއްސަ ޑިޕްލޮމެޓިކް މަންދޫބުންގެ ގޮތުގައި މުސްތަފާ އަދި ކުމާރައްޕެރުމާ ހަމަޖައްސަވާފައިވަނީ ސީދާ ރައީސާއި އޭނާގެ އިސްނެންގެވުމުގެ މަތިން ކަމަށެވެ.
އަދި އެ މިޝަނަށް ދައުލަތުގެ ބަޖެޓުން ހަރަދު ނުކުރާނެ ކަމަށާއި، އެ ދަތުރުތައް އެ ދެ ބޭފުޅުން ކުރައްވާނީ އަމިއްލަ ހަރަދުގައި ކަމަށެވެ.
ނަޝީދާއެކު ބޭއްވި ބައްދަލުވުމަކީ ވަރަށް އުންމީދީ އަދި ކާމިޔާބު މަޝްވަރާއެއް ކަމަށް ކުމާރައްޕެރުމާއާ ހަވާލާދީ ނޫހުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ މައްސަލައިގައި ލަންކާ ސަރުކާރަށް އެހީތެރިވެދެއްވުމުގެ ގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި ނަޝީދު ސައޫދީއަށް ހާއްސަ ދަތުރެއް ކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
އިންސާނިއްޔަތުކަން އެންމެ ފުޅާކޮށް ދެއްވާފައި ވަނީ މާތް ﷲ. ދެން އެކަން ނިގުޅައިގެން، އަނިޔާވެރިކަމާ އިސްކުރުމަކީ ކަލާނގެ ކަމަށް ދަޢުވާކުރުން ނޫން ފެން ކޮން ކަމެއް؟ .....
ބަޗީ - 3 ހަފްތާ ކުރިން
އިސްލާމް ދީނާއި ދެކޮޅު މީހަކު ސަލާމަތް ކުރަން ނަޝީދު އުޅުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އޭނައަކީ އިސްލާމްދީނަށް ހަޖޫ ޖަހާ ދީނުގެ ޝަރީއަތާ އަބަދުވެސް ދެކޮޅު މީހެކެވެ. މުސްލިމެކޭ ބުނާތީވެސް ލަދުގަނެއެވެ.
ހުސޭނުބެ - 3 ހަފްތާ ކުރިން
މަގުސަދަކީ ރާއްޖެއާ ސައުދީއާ ޖެއްސުންބާ. ބައްދަލުކުރާނެ މީހަކުވާނެހެނެއް ހިޔެއްނުވޭ.
ދެރަ - 3 ހަފްތާ ކުރިން