ޑޮލަރުގެ ބްލެކްމާކެޓް ހުއްޓުމަކަށް ގެނެސް ޑޮލަރުގެ އަގު ދަށްކުރުމަށް ސަރުކާރުގެ މާލީ ނިޒާމަށް ބަދަލު ގެނައުމަށްޓަކައި ސަރުކާރުން ގާނޫނުތަކާއި ގަވާއިދުތަކަށް ގެނައި ބަދަލުން ޑޮލަރުގެ އަގަށް ބަދަލު އަންނަމުން ނުދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ނަޝީދު ވިދާޅުވީ، ޑޮލަރުގެ އަގު އަދިވެސް ހުރީ 20 ރުފިޔާ އާއި 21 ރުފިޔާގައި ކަމަށެވެ. އަދި ރަޖިސްޓްރީކޮށް ހިންގާ މަނީ އެކްސްޗޭޖްތަކުން ޑޮލަރު ވިއްކަން ގާނޫނުން ލާޒިމް ކޮށްފައިވާ އަގަށް ޑޮލަރު ވިއްކައިގެން ވިޔަފާރީގެ ގޮތުގައި ދެކޮޅު ނުޖެހޭތީ އެ ތަންތަނުން މިހާރު ޑޮލަރު މާރު ނުކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ.
އެހެން ކަމުން ނަޝީދު ވިދާޅުވީ މިހާރު ޑޮލަރު ގަންނަންވެސް ނުލިބޭ ކަަމަށެވެ.
ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބުން ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުން ދިޔަދިއުން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ގާނޫނުތަކާއި ގަވައިދުތަކަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލުން ހުއްޓުމަކަށް ނާންނަ ކަމަށެވެ. ތަކެތީގެ އަގު ކުޑަ މިންވަރަކަށް ވެސް ދަށްވެފައި ނުވާކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝިދު ވަނީ ބޭރުގެ ޓުއާ އޮޕަރޭޓަރުން ޓެކްްސް ދައްކަން ޖެހޭގޮތަށް ގާނޫނަށް ގެނައި ބަދަލުތަކާމެދުވެސް ކަންބޮޑުވުން ފާޅުރައްވައިފައެވެ.
އިބްރާހިމް ޒަކީ
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް