ސަންޑަލޭންޑަށް ކުޅެމުންދާ ސްވިޒަލޭންޑްގެ ކެޕްޓަން ގްރަނިޓް ޖަކާ، 2022 ވަނަ އަހަރު ފޭކް ކޮވިޑް ވެކްސިން ސެޓްފިކެޓެއް ހެއްދި ކަމަށް އެއްބަސްވެއްޖެއެވެ.
ޖަކާ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް 19 ގެ ސަބަބުން ޖަހަން ޖެހުނު ވެކްސިން ނުޖަހައި އޭނާ ސެޓްފިކެޓެއް ހެއްދި ކަމަށާއި، އެކަން އެގޮތަށް ކުރީ ވެކްސިނާ ދޭތެރޭގައި ބައިވަރު ސުވާލުތަކެއް ހުރުމުން ކަމަށެވެ. އުމުރުން 33 އަހަރުގެ މިޑްފީލްޑަރު ބުނީ އެއީ ހެދުނު ގޯހެއް ކަމަށާއި، އެކަމުގައި ސްވިޒަލޭންޑް ފުޓުބޯޅަ އިދާރާ ކިބައިން މައާފަށް އެދިފައިވާ ކަމަށެވެ. އަދި އެކަމުގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭން ނިންމާފައިވާ ކަމަށްވެސް ޖަކާ ބުނެފައިވެއެވެ.
ސްވިސް ފުޓްބޯލް އެސޯސިއޭޝަން (އެސްއެފްވީ) އިން ބުނީ ޖަކާއަށް ހެދުނު ގޯސް އޭނާ އަމިއްލައަށް ގަބޫލުކޮށް، އެކަން އަންގާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ސްވިޒަލޭންޑުން ކުޅޭ މެޗުތަކުގެ ސްކޮޑުގައި ޖަކާ ހިމަނާފައި ނުވާ ކަމަށްވެސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
އެ މައްސަލައިގައި ޖިނާއީ ކުށެއް ޖަކާ ކުރިތޯ ބެލުމަށް ސްވިޒަލޭންޑްގެ ޕީޖީ އޮފީހުންވެސް ވަނީ މައްސަލަ ބަލަން ފަށައިފައެވެ.
ސްވިޒަލޭންޑްގެ ކެޕްޓަން ޖަކާ ވަނީ ގައުމީ ޓީމަށް 152 މެޗު ކުޅެދީފައެވެ. ކުރިއަށް އެގައުމަށް އޮތީ ނޭޝަންސް ލީގުގެ މެޗުތަކެކެވެ. އެގޮތުން ސްވިޒަލޭންޑުން އިންޓަނޭޝަނަލް ބްރޭކްގައި ނޯތު މެސަޑޯނިއާއާއި ސްކޮޓްލޭންޑްގެ އިތުރުން ސްލޮވޭނިއާއާ ދެކޮޅަށް ކުޅޭނެއެވެ.
ސުވިޒަލެންޑް
ސުވިޒަލެންޑް
ސުވިޒަލެންޑް
ސުވިޒަލެންޑް
ކޮމެންޓް