މިރޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، އެތަނުން އެއް ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ ސައިކަލުގައި ޖެހި ދިޔައީ ވިއްސައިގެންކަން "ވަން" އަށް އެނގިއްޖެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ މިރޭ 1:50 ހާއިރު ސޯސަން މަގު ސިޓީ ބޭކަރީ ކުރިމަތިން ވޭވް 125 ބްރޭންޑުގެ ކަޅު ކުލައިގެ ސައިކަލަކާއި އެކްޒައިޓާ 150 ބްރޭންޑުގެ ސައިކަލެއް ޖެހިގެންނެވެ. އެ ތަނުން ވޭވް ސައިކަލުގައި ތިބީ އަންހެނަކާއި ފިރިހެނެކެވެ. އަނެއް ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ.
"އެކްސިޑެންޓުވި ވަގުތު ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ ދިޔައީ ވިއްސައިގެން. ބޯ ފަޅައިގެން ގޮސް ވަރަށް ގިނަ ލޭ ފައިބައިފައި ހުރި." މަންޒަރު ދުށް މީހަކު "ވަން" އަށް ބުންޏެވެ.
"ވަން"ގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރުވެސް މަގުމަތީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އަދި އެކްސިޑެންޓުވި ދެ ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އަންހެން މީހާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއްވެފައިވާކަންވެސް އެނގިފައިވެއެވެ.
"އެކި ވަރުގެ އަނިޔާތައް އެބަހުރި. މިހާރު އައިސީޔޫއަށް ގެންދަނީ. ހާލު ކްރިޓިކަލް" މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުންޏެވެ.
މީގެ އިތުރުން އެކްސިޑެންޓުވި ދެ ފިރިހެނުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު އެ ދެ މީހުންގެ މޫނުގެ ކަށިގަނޑު އެކި ތަންތަނުން ބިންދައިގެން ގޮސްފައިވާ ކަމަށް "ވަން" އަށް އެނގިފައިވެއެވެ. ނަމަވެސް އެކަމާ ގުޅިގެން އައިޖީއެމްއެޗުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.
"އިންޓާނަލީ ބްލީޑިން އެބަހުރި ދެ މީހުންގެވެސް" މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުންޏެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
އަލީ ޔާމިން
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
ސައިކަލް ބާރަށް ދުއްވީ ކާކު އެތަނުން
ހާމާނު - 3 ހަފްތާ ކުރިން
އަނިޔާލިބުނު ފަރާތް ތަކަށް އަވަސް ޝިފާ އަކަށް އެފެން. އަދި އާޓިކަލް ލިޔުނު ކުއްޖާ އަށް ދިވެހި އަދި އިނގިރޭސި ބަސްކޮށާރު އުނގެނުމުގެ އިތުރު ފުރުސަތު ތަކަށް އެފެން.
ޝ - 3 ހަފްތާ ކުރިން
ފުލުހުން މާ ބޮޑަށް ސަމާލުވޭ ފަހަތުން ދުވެފަ ވެސް އަތުލާ ކަންފަތު ހެޑްސެޓެއް އިދެފިއްޔާ ނުވަތަ އަތުގަ ފޯނު އޮތަސް ކިތައް އެކްސިޑެންޓްތަވީ ކަންފަތު ހެޑްސެޓް އިދެގެން އަތުގަ ފޯނު އޮވެގެން އެކަމު ހެސްކިޔާފަ މީހުންތެރެއިން ބާރުސްޕީޑުގަ ދުއްވާފަ ދާމީހާ އަތުލަން އެއްކަމެއް ވެސް ނުކުރޭ އެމީހުން ބޯދިގުވޭފަ އަޑުގަދަ ސައިކަލްވީމަ ސައިޒް ވެފަތިބެނީ ޕޮލިހުން
ފުލުހުން - 3 ހަފްތާ ކުރިން