ގަވާއިދާހިލާފަށް އެއާކޮންޑިޝަން ތަކެއް ގަތް މައްސަލައިގައި އެމްޕީއެލްގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މ. ރީފް ވިލާ މުހައްމަދު ޖުނައިދަށް ދަައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.
އޭސީސީން މިއަދު ބުނީ، އެ މައްސަލައިގައި ޖުނަައިދަށް ދައުވާ ކުރަން ފޮނުވަން ނިންމީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު، އެމްޕީއެލްއިން 18 އެއާކޮންޑިޝަން ޔުނިޓް އޭރު އެ ކުންފުނިން އަމަލުކުރަމުންގެންދިޔަ، ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަން ޖެހޭ ސްޓްރެޓެޖީ އާއި ގަވާއިދާ ހިލާފަށް އާންމުކޮށް އިއުލާންކުރުމެއް ނެތި، އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައި، އެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ނުވާ އަދި މި މައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކާ ގުޅުން އޮތް އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން، އެދުވަސްވަރު މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި ގަނެފައިވާ މައްސަލައިގައި އެވެ.
އެތަކެތި ގަނެފައިވަނީ މިލިޔަނަކަށްވުރެ ގިނަ ރުފިޔާއަށް ކަމަށްވެސް ބުނެފައިވެއެވެ.
އޭސީސީން ބުނީ ޖުނައިދުގެ އިތުރުން އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގައި އޭރު ހުރި މ.ހިލްއިންދަގާރޑެން އަބްދުލްވައްހާބުގެ މައްޗަށް ވެސް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވަން ނިންމީ މިމަހުގެ 16 ގައި ކަމަށެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅަން ނިންމާފައިވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
ކޮމެންޓް