ތިލަފުށީ ޕޯޓުގެ މަސައްކަތް ނިމި، ތިލަފުއްޓަށް ބަނދަރުގެ މަސައްކަތް ބަދަލުވުމުން، ނޯތު ހާބަރުގައި ބޯޓު ފަހަރަށް މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް އެމްޕީއެލްގެ އިސްބޭފުޅުން ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގު ވިދާޅުވީ، ނޯތު ހާބަރުގައި މިހާރު އޮތް ޖާގައަކީ އެކަށީގެންވާ ޖާގައެއް ނޫން ކަމަށެވެ. ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުވުމާއެކު 2.3 މިލޯމީޓަރުގެ ކީވޯލްއެއް އެތަނުގައި އޮންނާނެ ކަމަށްވެސް ވިދަޅުވިއެވެ.
އެސްއޯއީ ކޮމިޓީއަށް އެމްޕީއެލްގެ އިސްބޭފުޅުން ހާޒިރުކުރީ، މުދާ އުފުލާ ބޯޓުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީގައި ނޯތު ހާބަރަށް ބޯޓު ވަނުމަށް ގިނަ ދުވަސް ހޭދަވުމާއި، ދޯނިފަހަރަށް މިހާރު ދިމާވާ ދަތިތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އެދިފައިވެއެވެ.
ސީއީއޯ ހުސެއިން ޝަފީގު ވިދާޅުވީ، މުދާ ގެންދިއުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށްވެސް ތިލަފުއްޓަށް ބަނދަރު ބަދަލުވުމުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ނޯތު ހާބަރުގެ ސެކްޝަން މެނޭޖަރު މުހައްމަދު އަޒަރު ވިދާޅުވީ، ނޯތު ހާބަރަށް ކޮންމެ މަހަކު ދެތިން ބޯޓު އިތުރުވާ ކަމަށެވެ.
ނޯތު ހާބަރުގެ މަސައްކަތް 80 ބޯޓުން ފެށި ނަމަވެސް މިހާރު އެ އަދަދު 149 އަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ކޮންމެ އަހަރަކު 25 ބޯޓާއި، 34 ބޯޓާ ދެމެދުގެ އަދަދެއް އިތުރުވާ ކަމަށެވެ. އަދި ތޮއްޖެހުން ކުޑަކުރުމަށް ގަވާއިދު އިސްލާހުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
ކޮމެންޓް