ސްޕެއިނާއެކު މިދިޔަ ވޯލްޑް ކަޕް ކާމިޔާބުކުރި ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ، ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން 2030 ވަނަ އަހަރާ ހަމައަށް އާކޮށްފިއެވެ.
ޑެ ލަ ފުއެންޓޭއާއެކު ސްޕެއިނުން ވަނީ މުހިއްމު ކާމިޔާބީތަކެއް ހޯދައިފައެވެ. ވޯލްޑް ކަޕްގެ އިތުރުން 2024 ވަނަ އަހަރުގެ ޔޫރޯވެސް އޭނާއާއެކު ސްޕެއިނުން ހޯދި އިރު، ކުރިން އެއްބަސްވުން ހަދާފައި އޮތީ 2028 ވަނަ އަހަރާ ހަމައަށެވެ. އެހެން ނަމަވެސް މިހާރު އާ ކުރި އެއްބަސްވުމާއެކު އެގައުމުން 2030 ވަނަ އަހަރު އަމިއްލަ ގައުމުގައި ވޯލްޑް ކަޕަށް ނުކުންނާނީވެސް ޑެ ލަ ފުއެންޓޭއާއެކުގައެވެ. 2030 ވަނަ އަހަރު ސްޕެއިންގެ އިތުރުން ވޯލްޑް ކަޕް އޮންނާނީ ޕޯޗުގަލް އަދި މޮރޮކޯގައެވެ.
ސްޕެއިންގެ ކޯޗުކަމާ ޑެ ލަ ފުއެންޓޭ ހަވާލުވިފަހުން އެޓީމުން މިހާތަނަށް ބަލިވެފައި ވަނީ ވާދަވެރި ދެމެޗަކުންނެވެ. އެއީ ޖުމުލަ 41 މެޗުގެ ތެރެއިންނެވެ.
ޑެ ލަ ފުއެންޓޭއަކީ ސްޕެއިންގެ ޒުވާން ޓީމުތަކަށްވެސް ކޯޗުކަންކޮށްދީފައިވާ އެގައުމުގެ ފުޓުބޯޅައަށް ފަރިތަ ކޯޗެކެވެ. އޭގެ އިތުރުން ސްޕެއިންގެ ކޯޗުން ތަމްރީނުކުރުމުގައިވެސް ޑެ ލަ ފައެންޓޭ ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ.
ސްޕެއިން
ސްޕެއިން
ސްޕެއިން
ސްޕެއިން
ކޮމެންޓް