ރާއްޖޭގައި ގަވާއިދާ ހިލާފަށް އަދި ހުއްދަނެތި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެމްޑީ މަސްއޫދު އަހްމަދު އަދި އަބޫ ތާހިރު ކަމަށެވެ.
ދެ މީހުން އަތުލައިގަނެފައިވަނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހާއްސަ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަނުގައި އެމްޑީ މަސްއޫދު ބަންދުކޮށްފައިވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި ދެން ހިމެނޭ އަބޫ ތާހިރު ބަންދުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި، އަދި ބަންދުކުރި ދެ މީހުންނާ މެދު އަޅާނެ ގާނޫނީ ފިޔަވަޅުތައް ކަނޑައަޅާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތުތަކާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށްކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް