ދިރާގު ދިވެހި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ބިސް ބުރު ސްޕޯޓްސް ކްލަބުން މިއަދު ކުޅުނު މެޗުގައި ކްލަބު އީގަލްސް ކައިރިން ބަލިވެއްޖެއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗުގައި އީގަލްސްއިން ބިސް ބުރު ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ބިސް ބުރަކީ މިދިޔަ އަހަރު މާލޭ ލީގު (ދެވަނަ ޑިވިޝަން)ގެ ޗެމްޕިއަން ޓީމެވެ. އެޓީމުން ކްލަބު ތާރީހުގައި ކުޅުނު ފުރަތަމަ ޕްރިމިއާ ލީގު މެޗަށް މިއަދު ނުކުންނަން ޖެހުނީ ގައުމީ ޓީމުގެ ނޫ ޖާޒީއެއްގައެވެ. އެއީ މިއަދު މެޗުގައި ބިސް ބުރުން ބޭނުންކުރަން އޮތް ޖާޒީ، އީގަލްސްގެ އޮރެންޖް ޖާޒީއާ ކުލަ އެއްގޮތްވުމުންނެވެ.
އަހުމަދު ނާޝިދު (ނާދު) އަކީ ބިސް ބުރުގެ ކޯޗުކަމުގައި ހަމަޖައްސާފައިވީ ނަމަވެސް މިއަދުގެ މެޗަށް ނުކުންނަން ޖެހުނީ އޭނާ ނުލައެވެ. މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއިން ދެ ގޯލް ޖެހި އިރު، އެ ގޯލްތައް ޖެހީ އެލް ސަޑެކް މުހައްމަދާއި ޒައިން ޒަފަރެވެ. ކުރިން ބިސް ބުރަށް ކުޅުނު ސަޑެކް ގޯލް ޖެހީ 16 ވަނަ މިނެޓުގައެވެ. އޭނާ ގޯލް ޖެހީ މެދުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް ގޯލް ތެރެއަށް ވައްދާލައިގެންނެވެ.
ދެވަނަ ގޯލް، ޒައިން ޖެހީ މުހައްމަދު އަޖުފާން ދުއްވާލި ބޯޅައެއް ގޯލަށް އަމާޒުކޮށްލައިގެންނެވެ.
ދެވަނަ ހާފުގައި ބިސް ބުރުން ކުޅުން ރަނގަޅުކޮށް، 54 ވަނަ މިނެޓުގައި ގޯލްވެސް ޖެހިއެވެ. ނަތީޖާގެ ފަރަގު ކުޑަކުރުމަށް ކާމިޔާބުކުރި ގޯލް ޖަހައިދިނީ މުހައްމަދު ޒިދާން އީސާއެވެ. އޭގެފަހުން އީގަލްސްއިން މެޗު ޔަގީންކުރީ އިސްމާއީލް އީސަ (މެސީ)، 80 ވަނަ މިނެޓުގައި ޖެހި ގޯލާއެކުގައެވެ.
ލީގުގެ ފުރަތަމަ ހަފުތާގައި ބާކީ ދެން އޮތީ އެންމެ މެޗެކެވެ. އެއީ މިރޭ ބުރު ސްޕޯޓްސް ކްލަބާއި ހއ. ދިއްދޫ ފުޓުބޯޅަ ޓީމު ވާދަކުރާ މެޗެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް