ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި މިސްކިތްތައް ތަރައްގީކޮށް ބެލެހެއްޓުމަށްޓަކައި ހާއްސަ ކުންފުންޏެއް އުފައްދައިފިއެވެ.
ރައީސްގެ އޮފީހުން ބުނި ގޮތުގައި ""މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ އުފެއްދި މި ކުންފުންޏަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަގުފު ބިނާތައް ބިނާކޮށް، އެފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް އުފެއްދި ކުންފުންޏެކެވެ.
މިއީ ރާއްޖޭގެ ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމާއި އެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމަށް އަމާޒުކޮށްގެން އުފެއްދެވި ކުންފުންޏެއް ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި ކުންފުނި މެދުވެރިކޮށް މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންވެސް މި ކުންފުނީގެ ދަށުން ކުރިއަށް ގެންދާނެ ކަމަށް ރައީސްގެ އޮފީހުން ބުންޏެވެ.
އަލީ ޔާމިން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް