ސައުދީ އަރަބިއްޔާގެ އަލް ނަސްރުގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ކުޅުނު ސްޕެއިންގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒް، ރޮނާލްޑޯގެ އަސްލު މިޒާޖާ ގުޅޭގޮތުން ވާހަކަދައްކައިފިއެވެ.
ރޭޑިއޯ މާކާއަށް ދިން އިންޓަވިއުއެއްގައި ގޮންޒާލޭޒް ބުނި ގޮތުގައި، އާންމުންނަށް ނުފެންނަ ތަންތަނުގައި ރޮނާލްޑޯއަކީ ވަރަށް ގުޅޭ އަދި ހިތްތިރި މީހެކެވެ. ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާ ސައުދީއަށް ދިޔަ ދުވަހުން ފެށިގެން ޓީމުގެ އެހެން ކުޅުންތެރިންނަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އޭނާ ފާހަގަކުރިއެވެ.
"އެހެން ކުޅުންތެރިންނާ ވާހަކަދައްކައި ޔަގީންކުރުމަށްފަހު ވެސް ބުނަން ކެރޭ، ޗޭންޖިން ރޫމުގައި އޭނާއަކީ ވަރަށް ފުރިހަމަ މީހެއް،" ގޮންޒާލޭޒް ބުންޏެވެ.
އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ޗޭންޖިން ރޫމުގައި ރޮނާލްޑޯއަކީ އެހެން މީހުންނަށް އެހީތެރިވާ، މުޅިން އާދައިގެ މީހެކެވެ. ނަމަވެސް މެޗު ފެށުމާއެކު އެ މިޒާޖު މުޅިން ބަދަލުވެގެންދާ ކަމަށާއި، ދަނޑުމައްޗަށް އެރުމަށްފަހު ރޮނާލްޑޯއަކީ ކާމިޔާބީއަށް ފެންބޮވައިގަނެފައިވާ ވާދަވެރި ކުޅުންތެރިއެއް ކަމަށް އޭނާ ސިފަކުރިއެވެ.
ރޮނާލްޑޯގެ މި ވާދަވެރިކަން ފަރިތަކުރުންތަކުގައި ވެސް ފެންނަ ކަމަށް ގޮންޒާލޭޒް ބުންޏެވެ. ފަރިތަކުރުންތަކުގައި ދެ ކުޅުންތެރިންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގި ނަމަވެސް، ދަނޑުން ބޭރުގައި އެކަންތައްތައް ނިމިގެންދަނީ ވަރަށް އެކުވެރިކޮށެވެ.
"އެއަށްފަހު އަހަރެމެން ޖަކޫޒީއަށް ގޮސް، މަޖާކޮށް ސަމާސާކުރަން. އަދި އެ ހުރިހާ ކަމެއް މަތިން ހަނދާންނެތޭ،" ގޮންޒާލޭޒް ބުންޏެވެ. މީގެ އިތުރުން، ފުޓުބޯޅައިގެ ތާރީހުގައި ރޮނާލްޑޯއާއި ލިއޮނެލް މެސީ ފަދަ ކުޅުންތެރިންގެ ނަން އަބަދަށް ދެމިއޮންނާނެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
އަލް ނަސްރުގައި 2022-2023 ވަނަ އަހަރުގެ ސީޒަނުގައި މި ދެ ކުޅުންތެރިން އެކުގައި 11 މެޗު ކުޅެފައިވާ އިރު، އޭގެ ތެރެއިން ހަ މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަލް ނަސްރާއެކު ކޮންޓްރެކްޓް ހަދާފައިވާ އިރު، އޭނާ މިހާރު އަމާޒުހިފާފައިވަނީ ކެރިއަރުގައި 1،000 ގޯލު ހަމަކުރުމަށެވެ. މިހާތަނަށް ކުޅުނު 1،333 ރަސްމީ މެޗުން ރޮނާލްޑޯ ވަނީ 978 ގޯލު ކާމިޔާބުކޮށްފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކޮމެންޓް