މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެފަދަ މައްސަލަތައް ބެލުމަށް ޓާސްކްފޯސްއެއް އެކުލަވާލައިފައިވާ ކަމަަށެވެ.
ލައިސަންސެއް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ މައުލޫމާތު އެ ޓާސްކްފޯހުގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކޮށްގެން ހިއްސާކުރެވޭނެކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށްވެސް މައުލޫމާތު ފޮނުވޭނެކަމަށް ފުލުހުން ބުންޏެވެ.
އެ ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރާ އެއްވެސް ފަރާތެއްގެ ވަނަވަރާއި، އެ ފަރާތްތަކުން ފޮނުވާ މައުލޫމާތުގެ ސިއްރު ހިފަހައްޓައި ފުރިހަމައަށް ރައްކާތެރިކޮށްދޭނެކަމަށް ފުލުހުން ބުންޏެވެ.
އަދި އެގޮތަށް މައުލޫމާތު ދޭ ފަރާތްތަކުން، އެ މައްސަލަތަކުގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ނުވަތަ މަރުހަލާއެއްގައި ބައިވެރިވާން ނުޖެހޭނެކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް