މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކ. ކާށިދޫއިން 10 ގެއެއް ބަަލައިފާސްކޮށް 5 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، ކ. އަތޮޅު ފުލުހުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައެވެ.
އެ އޮޕަރޭޝަންގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 32.55 ގުރާމުކަމަށް ފުލުހުން ބުނެއެވެ.
"އެ އޮޕަރޭޝަންގައި ކާށިދޫ 10 ގެއެއް ބަަލައިފާސްކޮށް 10 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވޭ. އޭގެ ތެރެއިން ހަތަރު މީހުން ވަނީ ދޫކޮށްލާފައި. އަނެއް 6 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ވަނީ ކޯޓުން ދޫކޮށްލާފައި." ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން، ރިހިތަރި / ކ. ކާށިދޫ، ދިލްޝާދުގެ، މުހައްމަދު އަހުދު (30އ) އާއި، ގދ. ރަތަފަންދޫ، ގާނިމް މުފީދު (26އ) 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު / ކ. ކާށިދޫ/ ރެޑިއަމްގެ، އަބްދުލްއަލީމް މުހައްމަދު (37އ) އާއި، ގ. މާލެހިޔާ 2 02-13 / މަދީހް ރަޝީދު (29އ) އާއި، ކ. ކާށިދޫ/ ޝަބްނަމްގެ، ނަޒާން މުހައްމަދު ޝާކިރު (22އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ފާތިމަތު ލިއުޝާ
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
ކޮމެންޓް