ޕީއެންސީގެ ގައުމީ ކޮންގްރެސްގައި އިންތިހާބުކުރާ އެކި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕީއެންސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ފިރުޒުލް ވިދާޅުވީ މަގާމުތަކަށް ކުރިމަތިލުމުގެ ކަންކަން ކުރިއަށްދާނީ އެކަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކަމަށެވެ. އަދި އެ ޕޯޓަލްގެ ހުރިހާ މައުލޫމާތުތެއް ޕާޓީގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އައިޑީ ކާޑުގެ މައުލޫމާތުގެ އިތުރުން ފުލުހުންނާއި ކޯޓުތަކުން ސާފުކޮށްފައިވާ ކުށުގެ ރެކޯޑު ހުށަހަޅަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުށަހަޅާ ކުށުގެ ރެކޯޑަކީ ވޭތުވެދިޔަ އެއް މަސްދުވަހަށް ވުރެ ގިނަ ދުވަސްނުވާ ލިޔުމަކަށް ވާންޖެހޭނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
މިއަންނަ މަހުގެ 15 އިން 18 އަށް ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވާ އެ ކޮންގްރެސްގައި ބައިވެރިވާނެ ޕާޓީގެ މަގާމުތަކަށް މަންދޫބުން މިހާރު އިންތިހާބުކޮށް ނިމިފައިވާ ކަމަށާއި، އަދި އެ ފަރާތްތަކަށް ކޮންގްރެސްގެ ރަސްމީ ދައުވަތު ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ޕީއެންސީގެ އަސާސީ ގަވާއިދު ހަމަޖެހިފައިވާ ގޮތުން، ޕާޓީގެ ވެރިކަމެއްގައި އެންމެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވަނީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.
އެހެންކަމުން، މި ދެ މަގާމު ފިޔަވައި އެހެން ހުރިހާ މަގާމުތަކަކަށް މި ކޮންގްރެސްގައި އިންތިހާބު އޮންނާނެއެވެ. އެގޮތުން ޕާޓީގެ ނައިބު ރައީސް ކަމުގެ ހަ މަގާމަށް ބޭފުޅުން ހޮވުމަށް ހަމަޖެހިފައިވާއިރު، އެ މަގާމުތަކަށް ވާދަކުރައްވާނެކަން މިހާތަނަށް އަށް ބޭފުޅަކު ވަނީ ހާމަކުރައްވާފައެވެ.
ޕީއެންސީގެ މަތީ މަޖިލީހުގައި އިންތިހާބު ކުރާނެ މަގާމުތަކާއި، އެ މަގާމުތަކަށް އިންތިހާބު ކުރެވޭނެ އަދަދު:
- ޕީއެންސީގެ ރައީސް - 6
- ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ މެންބަރު - 18
- ޕީއެންސީގެ މެންބަރުގެ މަޖިލީހުގެ މެންބަރު (އަންހެން) - 10
- ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ މެންބަރު (ޒުވާނުން) - 7
- ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސް - 1
- ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ނައިބު ރައީސް - 1
- ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ސެކްރެޓަރީ - 1
- ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ހަޒާންދާރު - 1
- ޕީއެންސީގެ ޒުވާނުންގެ ހަރަކާތުގެ ރައީސް - 1
- ޕީއެންސީގެ ޒުވާނުންގެ ހަރަކާތުގެ ނައިބު ރައީސް - 1
- ޕީއެންސީގެ ޒުވާނުންގެ ހަރަކާތުގެ ސްކެރެޓަރީ - 1
- ޕީއެންސީގެ ޒުވާނުންގެ ހަރަކާތުގެ ހަޒާންދާރު - 1
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ކޮމެންޓް