އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގުރުއަތުލުން މިއަދު ބާއްވާފައިވާ އިރު، ރާއްޖޭގެ ޒުވާން ޓީމުން ތައިލެންޑް، އިރާގުގެ އިތުރުން ހޮން ކޮންގާއި ޗައިނީސް ޓައިޕޭއާ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ގްރޫޕް ބީގައި ރާއްޖެ ހިމެނުނު އިރު، އެ ގްރޫޕްގެ މެޗުތައް ހޯސްޓް ކުރާނީ ތައިލެންޑްގައެވެ. އެއީ މިއަހަރު ނޮވެމްބަރު މަހު އަށަކުން 20 އަށެވެ. މިފަހަރު އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ކުރިއަށް ދާނީ 35 ޓީމުގެ މެދުގައެވެ.
އެގޮތުން ހަތް ގްރޫޕެއްގައި ޓީމުތައް ވާދަކުރާ އިރު، ގްރޫޕެއްގައި ހިމެނެނީ ފަސް ޓީމެވެ. ގްރޫޕް ސްޓޭޖުގައި ކުޅޭނީ ރައުންޑް ރޮބިން ބުރެކެވެ. އޭއެފްސީ ކަޕް 17 އަހަރުން ދަށުގެ މުބާރާތް 2027 ވަނަ އަހަރު އުޒްބަކިސްތާނުގައި އޮންނަ އިރު، މުބާރާތުން ޖާގަ ލިބޭނީ ގްރޫޕް އެއްވަނަ ޓީމުތަކަށް އެކަންޏެވެ. މިހާތަނަށް ނުވަ ޓީމަކަށް ކޮލިފިކޭޝަން ޔަގީންވެފައިވާ އިރު، އެއީ މިއަހަރު އޮތް 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރި އޭޝިއާގެ ނުވަ ޓީމެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ކޮމެންޓް