އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ސްކޮޑު އެކުލަވާލައިފިއެވެ.

ރާއްޖޭގައި މިދިޔަ މާޗް މަހު ބޭއްވި ސާފް 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް މަސައްކަތްކުރީ ސީނިއާ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ނަމަވެސް، މިފަހަރު ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ އަހުމަދު ޝާކިރު (ޝާކިއްޓެ)އެވެ. ޝާކިއްޓެއަކީ ކުރިންވެސް އުމުރުފުރާ ޓީމުތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކޯޗެކެވެ. އަދި ގައުމީ ސީނިއާ ޓީމުގެވެސް އެސިސްޓެންޓް ކޯޗެކެވެ.

އުރުބާނީ 20 އަހަރުން ދަށުގެ ޓީމަށް ކޯޗުކަން ކޮށްދިން އިރުވެސް ޝާކިއްޓެއަކީ އެސިސްޓެންޓް ކޯޗެކެވެ.

ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުން މާދަމާ ހެނދުނު މިޔަންމާއަށް ދާން ފުރާ އިރު، މިފަހަރު އޭއެފްސީ ކޮލިފިކޭޝަން އޮތް ގޮތުން ރާއްޖެ ވާދަކުރާނީ ޑެވެލޮޕްމަންޓް ފޭސްގެ ގްރޫޕް ކޭގައެވެ. އެ ގްރޫޕްގެ ހޯސްޓަކީ މިޔަންމާއެވެ. ރާއްޖެއާއި މިޔަންމާގެ އިތުރުން ދެން ގްރޫޕްގައި ހިމެނެނީ ބުރުނާއީއާއި ސްރީ ލަންކާއެވެ.

ރާއްޖޭގެ ފުރަތަމަ މެޗު އޮގަސްޓް 31 ގައި އޮންނަ އިރު، އެއީ ބުރުނާއީއާ ދެކޮޅަށް ކުޅޭ މެޗެވެ. ދެން ލަންކާއާ ދެކޮޅަށް ސެޕްޓެމްބަރު ތިންވަނަ ދުވަހު ނުކުންނަ އިރު، މިޔަންމާއާ ދެކޮޅަށް ނުކުންނާނީ ސެޕްޓެމްބަރު ހަވަނަ ދުވަހުއެވެ.

އޭއެފްސީން 20 އަހަރުން ދަށުގެ ކޮލިފިކޭޝަން ފޯމެޓަށް ބަދަލު ގެނެސްފައިވާ އިރު، ކޮލިފިކޭޝަން މިފަހަރު ރާވާފައި ވަނީ ދެ ފޭސް އަކަށެވެ. ރޭންކިން ރަނގަޅު ޓީމުތަކުން ސީދާ ކޮލިފިކޭޝަންގައި ކުޅޭ އިރު، އެ ފޭސްއަށް ޑެވަލޮޕަންޓް ފޭސްއިން ދާނީ ގްރޫޕްތަކުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ.

ރާއްޖޭގެ 20 އަހަރުން ދަށުގެ ސްކޮޑު

  • މުހައްމަދު އަބާން ބިން އަބްދުﷲ ޒުބައިރު
  • ހަސަން ހައިޝަމް ހާމިދު
  • މުހައްމަދު ޖޫދު އިސްމާއިލް
  • އަލްހާން ފައިސަލް އަމީން
  • މުހައްމަދު ނައިސަމް ނަދީމް
  • މުހައްމަދު ޒީކް އަހުމަދު
  • އަރުހަމް އަމްޖަދު
  • އަހްޒަމް ރަޝީދު (އަހު)
  • މުހައްމަދު އިލާން އިމްރާން
  • އީތަން އިބްރާހިމް ޒަކީ
  • ނައްސާހު އިބްރާހިމް ނާސިރު
  • އަނޫފް އަބްދުﷲ
  • އަހުމަދު މިކްޔަލް މުއީން
  • އައިދަން އަހުމަދު މޫސާ
  • އަލީ ހައިޒޫމް ހަސަން
  • އަހުމަދު އަފްނާން އަލީ
  • މުހައްމަދު ޝަމްހާން
  • ޝައިމަން ރަޝާދު
  • އައިދު މުހައްމަދު ޖަވީޒު
  • ހަސަން ގައިސް މުހައްމަދު
  • އަހުމަދު ހަމީސް އަރީފް
  • ޒަހުރާން ހަސަން ޒިޔާދު
  • ނާޝިއު އަހުމަދު ޝިހާމް

ޓީމުގެ ކޯޗު ޝާކިއްޓެގެ އިތުރުން އޮފިޝަލުންގެ ގޮތުގައި ހިމެނެނީ އިބްރާހިމް ސައީދު (ކަކާ)، އިސްމާއިލް އާސިފް (އާސިއްޕެ)، އިމްރާން މުހައްމަދު، ހިޝާމް އަލީ ޒަކީ، އަބްދުލް ހަކީމް މޫސާ، އިސްމާއިލް ނަސީރު އަދި މުހައްމަދު އަބީރެވެ.