މާލޭގައި ގެއެއްގައި ގޭސް ލީކުވުމުގެ ހާދިސާއެއް ހިނގައި، އަންހެނަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:34 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ހާލުދެރަވެފައިވާ ދެ މީހުންގެ ތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. މަރުވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީގު (51އ) އެވެ.
އެ ހާދިސާގައި ހާލު ދެރަވެފައި ވަނީ ޒާހިރާ އާއި އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅު ކަމަށް މައުލޫމާތު ލިބެއެވެ. އެ ހާދިސާ ހިނގާފައިވަނީ ދިލްކުޝާ ގޯޅީގައި ހުރި އެގޭގެ ފުރަތަމަ ފްލޯގައި ހުރި އެޕާޓްމަންޓެއްގައެވެ.
ހާލު ދެރަވި 19 އަހަރުގެ އަންހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގެ ހައިޕާބެރިކް ޗެމްބަރުގައި ދަނީ ފަރުވާ ދެމުންނެވެ.
އެ ހިސާބުގައި ދިރިއުޅޭ ބައެއް މީހުން ބުނިގޮތުގައި އެ ދެ މީހުންގެ އިތުރުން އެގޭގައި ކުޑަކުއްޖަކު ދިރިއުޅެ އެވެ. އަދި އެކުއްޖާ އެހީއަށް އެދިގޮވާ އަޑު އިވުނު ކަމަށެވެ. އަދި ގޭސް ވަސް ދުވާތީ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ވެސް އެ ހިސާބުގައި ދިރިއުޅޭ ބަޔަކު ކަމަށެވެ. ނަމަވެސް އެ ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
އާއިޝަތު މާހާ
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކޮމެންޓް