ބޭރު ފައިސާގެ މައްސަލަތައް ހައްލު ކުރުމަށް ގެންނަން ޖެހޭ ބަދަލުތަކަކީ މީގެ 40 އަހަރު ކުރިން ގެންނަން ޖެހޭ ބަދަލުތަކެއް ކަމަށާއި މިބަދަލުތައް ގެނެވިއްޖެނަމަ ޑޮލަރު ރޭޓް ދަށްވާނެ ކަމަށް ގަވަރުނަރު ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޑޮލަރުގެ މައްސަލައާ ގުޅިގެން އިދާރާތަކުން ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ، ގާނޫނަށް އިސްލާހު ހުށަހެޅި އިރު، ދަތިވާ ފަރާތްތަކަށް އިތުރު ލުއިތަކެއް ދިނުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ގާނޫނު ފާސްވެގެންދާ އިރު، އެ ލިބެންޖެހޭ ލުއިތައް އެފަރާތްތަކަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތުގެ ދަށުން ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރު ކުރެވިގެން ދިއުން ކަމަށެވެ.
"ހަގީގަތަކީ މި ބަދަލަކީ މީގެ 40 އަހަރު ކުރިން ގެންނަން ޖެހޭ ބަދަލެއް. މިއަދު މި ބަދަލު ނުގެނެވި އޮތުމުގެ ސަބަބުން ހަގީގަތުގައި މީގެ ދަތިތަކެއް ދިމާވެގެން މިދަނީ،" ގަވަރުނަރު ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ މިފަދަ ބަދަލުތައް ގެންނާނީ ޕެކޭޖްތަކެއްގެ ގޮތުގައި ކަމަށާއި އެގޮތުން މަޖިލީހާއި އިދިކޮޅު ފަރާތްތަކާ ވެސް ގުޅިގެން ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ މި ބަދަލުތައް ގެންނަން ޖެހޭނީ ކުއްލިއަކަށް ނޫން ކަމަށާއި މިއީ މަރުހަލާތަކަކަށް ބަހާލައިގެން ގެންނަން ޖެހޭ ބަދަލުތަކެއް ކަމަށެވެ. އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ އެކަން ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދަށް ވަންނަ ޑޮލަރު، ދިވެހި ރުފިޔާއަށް ބަދަލު ކުރެވި، އެ ރުފިޔާ ބޭންކިން ސިސްޓަމްގެ ތެރޭގައި ދައުރު ކުރެވެން ފަށައިފިނަމަ، ޑޮލަރު ރޭޓް ދަށް ކުރެވޭނެ ކަމަށެވެ. ހުރިހާ ބަދަލެއް ގެނެވިއްޖެނަމަ އެކަން ކުރެވޭނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
އަހުމަދު މުނައްވަރު، ގަވަރުނަރު
އަހުމަދު މުނައްވަރު، ގަވަރުނަރު
އަހުމަދު މުނައްވަރު، ގަވަރުނަރު
ކޮމެންޓް