އިޓަލިއަން ސެރެއާ އޭގެ އެންމެފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ރޭ މޮންޒާއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް ލީގު ފެށި އިރު، ނަޕޯލީން ޖެނޯއާ ކައިރިން މޮޅުވެއްޖެއެވެ.

އިންޓައިން ސަން ސީރޯގައި ރޭ ކުޅުނު މެޗު 4-1 އިން އެޓީމުން ކާމިޔާބު ކޮށްފައިވާ އިރު، މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު އޮތީ އެއްވަރުވެފައެވެ. އެހެން ނަމަވެސް ދެވަނަ ހާފުގައި 15 މިނެޓް ތެރޭގައި އިންޓައިން ވަނީ ތިން ގޯލް ޖަހައިފައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ހަކާން ޗަލަނޮގްލޫ ޖަހައިދިން ގޯލުން އިންޓަ ލީޑު ނެގި ނަމަވެސް ހާފު ނިމުމުގެ ކުރިން ގުސްޓާވޯ ވަރޭލާގެ ގޯލުން މޮންޒާ އެއްވަރުކުރިއެވެ. އެ ގޯލާއެކު އެއްވަރުވެފައި އޮވެގެން އިންޓައިން ދެވަނަ ހާފަށް ނުކުތް ނަމަވެސް، ހާފުގެ ކުރީކޮޅިގައި ގޯލްތައް ޖަހައި މެޗު ޔަގީންކުރިއެވެ.

ޕިއޮޓާ ޒިއެލެންސްކީ އާއި ފްރެންސެސްކޯ ޕިއޯ އެސްޕޮސީޓޯ ދެވަނަ ހާފުގެ ފުރަތަމަ ހަތް މިނެޓުގައި ދެ ގޯލް ޖެހި އިރު، އޭގެ އިރުކޮޅެއްފަހުން ޔޭން ބިޝެކް ވަނީ މެޗުގައި ހަތަރު ވަނަ ގޯލެއް ޖަހައިފައެވެ. އަދި އޭގެ ފަހުން މެނުއަލް އަކާންޖީ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

ނަޕޯލީން ރޭ ރަށުން ބޭރުގައި ޖެނޯއާ ކައިރިން 2-0 އިން މޮޅުވި އިރު، އެމެޗުގައި ގޯލްތައް ޖެހީ ކެވިން ޑި ބްރޭނާއައި އެންޓޯނިއޯ ވެރްގާރާއެވެ.