ހުޅުމާލޭގެ ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓުގެ ހިދުމަތް ދޭން ފަށައިފިއެވެ.

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މިރޭ ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ.

ސްޓެލްކޯ އިން މިރޭ ބުނީ ހުޅުމާލޭގެ ދެ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ފީޑާ ކޭބަލެއް ގްރައުންޑުވުމާ ގުޅިގެން ކަމަށާއި ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް މިހާރު ދަނީ އަލުން ކަރަންޓުގެ ހިދުމަތްދެމުން ކަމަށެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.