އިނގިރޭސި ސީޒަން ހުޅުވުމަށް ކުޅޭ އިނގިރޭސި އެފްއޭގެ ޗެރިޓީ ޝީލްޑް މެޗުގައި އާސެނަލުން މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.
ވެމްބްލީގައި މިރޭ ސީޒަން ހުޅުވުމަށް ކުޅުނު މެޗުގައި އާސެނަލުން ސިޓީ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ އާސެނަލުން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި 18 ވަނަ ފަހަރެވެ. އާސެނަލަކީ މިހާރު ދެވަނައަކަށް އެންމެ ގިނައިން އިނގިރޭސި ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފައިވާ ޓީމެވެ. އެޓީމަށްވުރެ ގިނައިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފައިވާ ހަމައެކަނި ޓީމަކީ މެންޗެސްޓާ ޔުނައިޓެޑެވެ. ޔުނައިޓެޑުން ވަނީ 21 ފަހަރު ޝީލްޑް ކާމިޔާބު ކޮށްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން އާސެނަލުން މިރޭގެ މެޗަށް ނުކުތީ އަލަށް ސޮއިކުރި ބްރޫނޯ ގިމަރޭޝްއާއި ކްރިސްޓޮސް ޒޮއިލްސްވެސް ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. ޑެކްލަން ރައިސްއާއި ބުކަޔޯ ސަކާވެސް މެޗަށް ނުކުތީ ދެވަނަ ހާފުގައެވެ. އަދި ވިކްޓޯ ޔޯކެރޭޝްވެސް ދެވަނަ ހާފުގައި މެޗަށް ނުކުތެވެ.
އަނެއްކޮޅުން އެފްއޭ ކަޕް ޗެމްޕިއަން ސިޓީގެ ސްކޮޑުން ރޮޑްރީ ފެނިގެން ގޮސްފައި ނުވާ އިރު، އޭނާ ކްލަބު ދޫކޮށްލާނެ ކަމަށް ވަނީ އަޑު ފެތުރިފައެވެ. އަލަށް ޓީމާ ގުޅުނު އެލިއޮޓް އެންޑަސަންއާއި މަޓެއޯ ކޮވަސިޗް މެދު ތެރެއިން ފެނުނު އިރު، އާލިން ހާލަންޑާއި ޖެރަމީ ޑޮކޫ އަދި ފިލް ފޮޑެންވެސް އާ ކޯޗު އެންޒޯ މަރެސްކާ ވަނީ ފުރަތަމަ 11 އަށް ނެރެފައެވެ.
މެޗު ފެށިގެން ކުރީކޮޅުގައި އާސެނަލް ލީޑު ނެގިއެވެ. އެއްވަނަ މިނެޓު ތެރޭގައި މައިލްސް ލެވިސް ސްކެލީ ނަގައިދިން ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެން ލީޑު ނަގައިދިނީ ރިކާޑޯ ކަލަފިއޯރީއެވެ. އޭގެ ފަހުން ސިޓީގެ ނުރައްކާ ފެނުނު އިރު، ފޮޑެން ތިރީ ކަނަށް ފޮނުވާލި ހަމަލާ މަތަކުރީ އާސެނަލް ކީޕަރު ޑޭވިޑް ރާޔާއެވެ. އަދި އޭގެ އިރުކޮޅެއްފަހުން އެންޓޮއިން ސެމެންޔޯ ފޮނުވާލި ބޯޅަވެސް ރާޔާ މަތަކުރި އިރު، އަނެއްކާވެސް ގޯލް ޖެހީ އާސެނަލުންނެވެ.
އާސެނަލަށް ލީޑު ފުޅާކޮށްދިނީ ކައި ހަވާޓްސްއެވެ. ޒޮއިލްސް އަރިމަތިން ނަގައިދިން ބޯޅަ އޭނާ ގޯލަށް ވައްދާލީވެސް ބޮލުންނެވެ.
ދެވަނަ ހާފަށް ޖެކް ގްރީލިޝް ކުޅެން ނުކުމެފައިވެއެވެ. އެއީ ޑޮކޫގެ ބަދަލުގައެވެ.
ހާފުގެ ކުރީކޮޅުގައި ހިތްގައިމު ކުޅުމަކާއެކު ތަނަވަސްކުރި ފުރުސަތުގައި އާސެނަލްގެ ތިންވަނަ ގޯލް، މެޗުގައި މޮޅަށް ކުޅުނު މާޓިން އޮޑިގާޑް ކާމިޔާބުކޮށްދިން އިރު، އެ ގޯލަށްފަހު އާސެނަލުން ވަނީ ރަނގަޅަށް ސިޓީ ހިފަހައްޓައިފައެވެ.
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް
ކޮމެންޓް