އިޓަލީއާއެކު ޔޫރޯ 2020 ކާމިޔާބުކުރި ފޯވަޑް، ސީރޯ އިމޯބިލޭ ފުޓުބޯޅަ ހުއްޓާލަން ނިންމައިފިއެވެ.
ކުރިން ލާޒިއޯއަށްވެސް މޮޅަށް ކުޅުނު އިމޯބިލޭ، 17 އަހަރުގެ ކެރިއަރު ނިންމާލުމަށްފަހު ރިޓަޔާކުރަން ނިންމާފައިވާކަން މިހާރު ކުޅެމުންދާ ކްލަބު ޕެރިސް އެފްސީން ވަނީ ޔަގީން ކޮށްދީފައެވެ. އުމުރުން 36 އަހަރުގެ އިމޯބިލޭ ޕެރިސް އެފްސީއާ ގުޅުނީ ފެބްރުއަރީ މަހު، ބޮލޯނިއާއިންނެވެ. އެ ކްލަބަށް އޭނާ ވަނީ 12 މެޗު ކުޅެ ދެ ގޯލް ޖަހައިފަައެވެ.
ކެރިއަރުގައި އިމޯބިލޭ ވަނީ 599 މެޗު ކުޅެ، 306 ގޯލް ޖަހައިފައެވެ. އޭގެ ތެރޭގައި އިޓަލީ ގައުމީ ޓީމަށް ކުޅުނު 57 މެޗުގައި އިމޯބިލޭ ވަނީ 17 ގޯލް ޖަހައިފައެވެ.
އިޓަލީން އެންމެ ފަހުން ހޯދި ކާމިޔާބީ ކަމަށްވާ ޔޫރޯ 2020 ގެ ކާމިޔާބީ ދަތުރުގައި އިމޯބިލޭ ވަނީ ދެ ގޯލް ޖަހައިފައެވެ. އޭނާގެ އެންމެ ކާމިޔާބު ދުވަސްތަކަކީ ލާޒިއޯގައި ހޭދަކުރި އަށް ސީޒަނެވެ. އެ ކްލަބާއެކު އިމޯބިލޭ 340 މެޗު ކުޅެ، 207 ގޯލް ޖެހި އިރު، ކޮޕާ އިޓާލިއާ ކާމިޔާބު ކޮށްފައިވެއެވެ.
އިމޯބިލޭ، 2020 ވަނަ އަހަރު ޔޫރަޕްގެ ރަން ބޫޓު ހޯދިއެވެ. އެފަހަރު ގޮންޒާލޯ ހިގުއައިންއާ އެއްވަރަށް އޭނާ ގޯލް ޖެހިއެވެ. އެއީ ލީގުގައި 36 ގޯލެވެ.
އިޓަލީ
އިޓަލީ
އިޓަލީ
އިޓަލީ
ކޮމެންޓް