ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބަށް އިދިކޮޅު އެމްޑީޕީން ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ސޯލިހު ނިންމެވީ އިއްޔެ މަނިކުފާނުގެ ގާތް އެމްޑީޕީގެ ޓީމަކާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު އެވެ. ނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާނުކުރައްވާފައެއް ނުވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދެވެ.
މީގެ އިތުރުންވެސް ބައެއް އެހެން ބޭފުޅުން އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމުގެ އަޑުތައް ފެތުރިފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހްމަދު ޝަމްހީދު ހިމެނެއެވެ.
އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަސް އަދި އިއުލާނުކޮށްފައިނުވާއިރު އެނގިފައިވާ ގޮތުގައި އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރުގެ ތެރޭގައި ޕްރައިމަރީ ބޭއްވުމަށެވެ.
އަލީ ޔާމިން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކޮމެންޓް