ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް އައި ތަރައްގީގެ އަސްލު މަސައްކަތްތެރިޔަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި، ޔާމީން އޭރު އުޅުއްވީ ތާސްކުޅުއްވަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ އއ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ޔާމީންގެ ސަރުކާރުގައި މުޅި ދައުލަތް ހިންގުމުގެ ނިޒާމު އޮތީ އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒުގެ އަތްޕުޅުގައި ކަމަށެވެ. އަދި ޔާމީންގެ ޒައާމަތުގައި ހާސިލުކުރި ކާމިޔާބީތަކަކީ ޕީއެންސީގެ މިހާރުގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންގެ ބުރަ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ ރައީސް ޔާމީން އެކަނި ކުރި މަސައްކަތަކުން ނޫން. އަޅުގަނޑުމެން މިއޮތީ ސީނިއާ ޓީމް. އަޅުގަނޑުމެން އެ މަސައްކަތްކުރީ. ރައީސް ޔާމީން އިންނެވީ ގިނަ ރޭރޭ ތާސްކުޅުއްވުމުގައި ތަންކޮޅެއް ބިޒީކޮށް،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މާލޭގެ މޭޔަރުކަން މުއިއްޒަށް ރައްޔިތުން ދިނީވެސް، ޔާމީންގެ ވެރިކަމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅަކީ އެއީކަން ރައްޔިތުން ގަބޫލުކުރާތީ ކަމަށެވެ. މީގެ އިތުރުން، އެމްޑީޕީގެ ވެރިކަން ނިމުނުއިރު ގައުމުގެ އިގްތިސޯދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، ވައްކަން ގިނަކަމުން ދައުލަތުގެ ކުންފުނިތަކުގެ މާލީ ހިސާބުތައް ދައްކަންވެސް އޭރުގެ ސަރުކާރުން ބޭނުންނުވިކަމަށް ޝުޖާއު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ދައުލަތުގެ މާލިއްޔަތުގެ ތަފާސްހިސާބުތައް އާންމު ނުކުރާތާ ހަ މަސް ވެފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒު ގައުމު އިސްލާހު ކުރައްވަން ފެއްޓެވުމުން، އިދިކޮޅު ފަރާތްތަކުން އެ މަނިކުފާނު އަޒުލުކުރަން އުޅުނީ ކުރީ ސަރުކާރުގެ ވައްކަންތައް ފޮރުވަންކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް