އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލައި، ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ވެވޭ އެއްބަސްވުމެއްގެ ދެލިކޮޕީއެއް މެދުވެރިންގެ މެދުގައި ބަދަލުކުރެވެމުން އަންނަ ކަމަށް ގަތަރުން މިއަދު ބުނެފިއެވެ.
ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގަތަރުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތައް މިހާރު އޮތީ ވަރަށް ކުރިއަރާފައިވާ މަރުހަލާއެއްގައި ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި ސީދާ މަޝްވަރާތަކެއް ނުހިނގި ނަމަވެސް، މެދުވެރިން މެދުވެރިކޮށް އެއްބަސްވުމުގެ ދެލިކޮޕީތައް ބަދަލުކުރެވެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ ގަތަރާއި ޕާކިސްތާނުގެ އިތުރުން އޮމާނުންނެވެ. ގަތަރުން ބުނާ ގޮތުގައި، މި ހަމަނުޖެހުންތައް ހުއްޓާލުމަށާއި ބަންދުކޮށްފައިވާ ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ މި ކަނޑުއޮޅިން ކުރާ ދަތުރުތައް އީރާނުން ހުއްޓުވާފައިވާއިރު، އެމެރިކާއިން ވަނީ އީރާނާ ގުޅުންހުރި ބޯޓުފަހަރަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ މައްސަލަތަކަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް މެދުވެރިން އަންނަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ. މި މަޝްވަރާތަކާ ގުޅޭގޮތުން އެމެރިކާއާއި އީރާނުގެ ރަސްމީ ފަރާތްތަކުން ތަފާތު ގޮތްގޮތަށް ވާހަކަދައްކަމުންދިޔަ ނަމަވެސް، މެދުވެރިންގެ އަމާޒަކީ ދެ ފަރާތް އެއްބަސްވުމަކަށް ގެނެސް، ކަނޑުދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުން ކަމަށް ގަތަރުން ވަނީ ފާހަގަކޮށްފައެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅި ހުޅުވާލުމާ ގުޅޭގޮތުން އީރާނާއެކު އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެއެވެ.
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް