ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ ބިދޭސީން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބެލި ނަމަވެސް އަދިވެސް އެ މީހުން ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ތިލަފުށިން ފުރައިގެން ދަތުރުކުރި "ހޯކްސް ވޮޔޭޖާ" ކޮޅުވެއްޓި ދިޔަވެ ގާފަރު ކައިރިން އަޑިއަށް ގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގި ވަގުތު އުޅަނދުގައި ޖުމްލަ ދިހަ މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 8 ބިދޭސީންނެވެ.
އެ ހާދިސާގައި ސަލާމަތްވި މީހުން ވަނީ ގާފަރަށް ހަމަ އެ ދުވަހު ގެންގޮސްފައިވާއިރު އެ މީހުންނަށް ކުދިކުދި އަނިޔާ ލިބުނު ނަމަވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ މި ހާދިސާގައި ގެއްލުނު ދެ ބިދޭސީން ހޯދުމަށް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 2747 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
"މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައެއް ނުވޭ." އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ވަނީ އެ ކޮޅުވެއްޓި އަޑިއަށް ދިޔަ ސަރަހައްދު ޑައިވަރުން ބޭނުންކޮށްގެންވެސް ވަނީ ބަލައިފައެވެ.
އަލީ ޔާމިން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
ކޮމެންޓް