ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ސަބްސިޑަރީ އިންވެސްޓަމަންޓް ޕްލޭންގެ ފެއިލިއާއާއެކު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް އިތުބާރު ގެއްލިފައިވާ ކަމަށް ޔޫރަޕްގެ ފުޓުބޯޅަ އިދާރާ، ޔޫއެފާއާއި އުތުރު އެމެރިކާއާއި މެދުތެރޭ އެމެރިކާ ގައުމުތައް ނިސްބަތްވާ ކޮންކެކަފްއިން ބުނެފިއެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ހުށަހެޅި އެފްއެފްއީގެ ޕްލޭނަކީ، ފީފާގެ މުބާރާތްތަކަށް އިވެންޓްމަންޓް ހޯދައި، މުބާރާތްތަކުގެ ހިއްސާ ވިއްކުމުގެ ޕްލޭނެކެވެ. އެ ޕްލޭނުގެ ދަށުން ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު އިވެންޓް، ވޯލްޑް ކަޕްގެ ހިއްސާ ވިއްކުމުގެ ފުރުސަތުވެސް އެބައޮތެވެ.
އެ ޕްލޭނަށް ތާއިދު ހޯދަން އިންފަންޓީނޯ ގައުމުތަކަށް ބަޖެޓްގެ ވައުދުވީ ނަމަވެސް، ގާތްގަނޑަކަށް ހުރިހާ ބައްރެއްގެ މެމްބަރު ގައުމުތަކުން ވަނީ އެކަމަށް ނޫނެކޭ ބުނެފައެވެ.
ޖުމުލަ 20 އަކަށް ބިލިއަން ޑޮލަރުގެ އެ ޕްލޭންގެ ދަށުން އިންވެސްޓަރުންނަށް ފީފާގެ މުބާރާތްތަކުގެ ހިއްސާ ގަތުމަށް ފުރުސަތު އޮންނަ އިރު، އެ ޕްލޭނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުންހުރި ޕްލޭނެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުވެސް ކޮށްފައެވެ.
އެ ޕްލޭނަށް ޔޫއެފާ އަދި ކޮންކެކަފްގެ ހުރިހާ ގައުމަކުން އެންމެ ފުރަތަމަވެސް ނޫނެކޭ ބުނި އިރު، ދެ ބައްރުންވެސް ވަނީ ފީފާއިން އެ ޕްލޭން އަނބުރާ ގެންދަން ނިންމި ނިންމުމަށް މަރުހަބާ ކިޔައިފައެވެ.
ޔޫއެފާއިން ބުނީ އެއީ މުޅި ފުޓުބޯޅައަށް ލިބުނު ކާމިޔާބީއެއް ނަމަވެސް، އެކަހަލަ ސިއްރު އެޖެންޑާތަކުގެ ފަހަތުގައި ތިބޭ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަން ކުރަމުންދާ އިންފަންޓީނޯގެ ލީޑާޝިޕަށް މިހާރު އިތުބާރު ނެތް ކަމަށް ޔޫއެފާއިން ބުންޏެވެ.
ކޮންކެކަފްއިން ބުނީ މިހާރު ފީފާގެ އޮތް ލީޑާޝިޕްގެ ފުރިހަމަ ރިވިއުއެއް ހަދައި، މައްސަލަ ބަލަން ޖެހޭ ކަމަށެވެ. އަދި ކުއްލިއަކަށް ކުރަމުންދާ ކަންތަކުން އިންފަންޓީނޯއަށް އިތުބާރު ގެއްލިފައިވާ ކަމަށްވެސް ކޮންކެކަފްއިން ބުންޏެވެ.
ޔޫއެފާއިން އިތުރަށް ބުނީ 2016 ވަނަ އަހަރު އިންފަންޓީނޯ މަގާމަށް ހޮވުނީ ދެފުށް ފެންނަ ސިޔާސަތު ފީފާއަށް ގެންނާނެކަމުގެ ވައުދާއެކު ނަމަވެސް އެކަން ދެމެހެއްޓުމަށް މިހާރު މަސައްކަތް ނުކުރެވޭ ކަމަށެވެ. އަދި އެތައް ފަހަރަކު އިންފަންޓީނޯ ފެއިލްވެފައިވާ ކަމަށާއި، މުޅި ދުނިޔެއަށްވެސް އިންފަންޓީނޯއަށް އިރުބާރު ގެއްލިއްޖެ ކަމަށް ޔޫއެފާއިން ބުންޏެވެ.
ފީފާ
ފީފާ
ފީފާ
ފީފާ
ކޮމެންޓް