ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ސަބްސިޑަރީ އިންވެސްޓަމަންޓް ޕްލޭންގެ ވިސްނުން ދޫކޮށްލާފައިވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހަޅާފައިވާ އެފްއެފްއީގެ ޕްލޭނަކީ، ފީފާގެ މުބާރާތްތަކަށް އިވެންޓްމަންޓް ހޯދައި، މުބާރާތްތަކުގެ ހިއްސާ ވިއްކުމުގެ ޕްލޭނެކެވެ. އެ ޕްލޭނުގެ ދަށުން ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު އިވެންޓް، ވޯލްޑް ކަޕްގެ ހިއްސާ ވިއްކުމުގެ ފުރުސަތުވެސް އެބައޮތެވެ.
ޖުމުލަ 20 އަކަށް ބިލިއަން ޑޮލަރުގެ އެ ޕްލޭންގެ ދަށުން އިންވެސްޓަރުންނަށް ފީފާގެ މުބާރާތްތަކުގެ ހިއްސާ ގަތުމަށް ފުރުސަތު އޮންނަ އިރު، އެ ޕްލޭނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުންހުރި ޕްލޭނެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުވެސް ކޮށްފައެވެ.
ޓްރަމްޕްގެ ޕްލޭނަށް މިހާތަނަށް ޔޫއެފާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި މެމްބަރު 55 ގައުމުން އެކަމަށް ތާއިދު ނުކުރާނެ ކަމަށް ބުނެ ބަޔާން ނެރެފައިވެއެވެ. އަދި އެ ޕްލޭނާ އެއްގޮތަށް ފީފާއިން ކުރިއަށްދާނަމަ ވޯލްޑް ކަޕް ބޮއިކޮޓް ކުރަންވެސް ނިންމާފައިވެއެވެ.
އޭގެ އިތުރުން އުތުރު އެމެރިކާއާއި މެދުތެރޭ އެމެރިކާގެ ގައުމުތަކާއި އޭޝިއާގެ ގައުމުތަކުންވެސް އެކަމުގައި ނުކުތީ އިންފަންޓީނޯގެ ޕްލޭނާ ދެކޮޅަށެވެ. އަދި އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު ކާލޮސް ކޯޑެއިރޯވެސް އެކަމުގައި ހިޔާލު ތަފާތުވެސް އިސްތިއުފާ ދީފައިވެއެވެ. އަދި ފީފާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކެވިން ލާމޯވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފައެވެ.
އެ ހުރިހާ ޕްރެޝަރަކާހުރެ އިންފަންޓީނޯ ވިދާޅުވީ އެ ޕްލޭނާއެކު ބައިބައިވުން އުފެދިއްޖެ ކަމަށާއި، އެކަމަށް ޝައުގުވެރިވެ، އެކަމަށް އެއްބާރުލުން ދޭނެ ބަޔަކު މިހާރު ނެތް ކަމަށެވެ. އަދި ގައުމުތަކުން އެކަމާ ދެކޮޅަށް ފާޅުކޮށްފައިވާ ހިޔާލާއެކު، ޕްރޮޕޯސަލް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ސްވިޒަލޭންޑަށް ނިސްބަތްވާ އިންފަންޓީނޯ ވިދާޅުވެފައިވެއެވެ.
އިންފަންޓީނޯ ވަނީ އޭނާގެ ޕްލޭން ކޮންމެހެނެއް ހަދާފައިވެސް ފާސްކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެެގޮތުން އިންފަންޓީނޯ ވަނީ ފީފާގެ މެމްބަރު 211 ގައުމަށް، ޕްލޭނަށް ތާއީދު ކޮށްފިނަމަ އަހަރަކު 40 މިލިއަން ޑޮލަރު ދޭން ވައުދުވެސް ވެފައެވެ.
ފީފާ
ފީފާ
ފީފާ
ފީފާ
ކޮމެންޓް