ކަނޑުގަދަވުމުގެ ސަބަބުން ދަތުރު ނުކުރެވި، ކަނޑުމަތީގައި ހާލުގައި ޖެހުނު ލޯންޗަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީ، އޭގައި ތިބި އެންމެން ރައްކާތެރިކަމާއެކު ފ. ނިލަންދުއަށް ގެންގޮސްދީފިއެވެ.
ފުލުހުން މިރޭ ބުނީ އެ ހާދިސާ ހިނގާފައިވަނީ ނިލަންދޫން ފުރައިގެން ދ. މީދުއަށް ދަތުރުކުރި ލޯންޗެއް، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ލޯންޗަށް ރާޅުއަރައި ދަތުރު ކުރަން ދަތިވުމާ ގުޅިގެން ކަމަށެވެ.
އެ ލޯންޗުން ދަތުރުކުރި 15 މީހުން ކަމަށާއި ތިން ފަޅުވެރިންނާއި 12 ޕަސިންޖަރުންކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުގައި ހުންނަންޖެހޭ ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތައް ފަދަ ސަލާމަތީ އާލާތްތައް ފުރިހަމައަށް ހުރިތޯ ބެލުމަށް އިލްތިމާސްކުރާކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް