މޫސުން އިތުރަށް ގޯސްވަމުންދާތީ، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކަނޑުމަގުން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު ބުނީ، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި، ރާޅުގެ އުސްމިން ފަސް ފޫޓަށް އުފުލޭނެ ކަމަށެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ. ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން އުޅަނދުގެ ސަލާމަތީ ވަސީލަތްތަކާއި މުވާސަލާތީ ނިޒާމު ހުރީ ރަނގަޅަށްތޯ ޔަގީންކުރުމަށް ވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
ފުލުހުން ބުނީ، ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ލައިފް ޖެކެޓް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން، އުޅަނދަށް އެރުވުމަށް ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށާއި، މުދާ ބަރުކުރުމުގައި އުޅަނދުގެ ހަމަހިފެހެއްޓޭނެ ގޮތަށް އަމަލުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް