އެމެރިކާ ލީގުގެ ސީޒަން މެދުތެރެއިން ކޮންމެ ސީޒަނެއްގައިވެސް ކުޅޭ، އޯލް ސްޓާ މެޗުގައި މިފަހަރުވެސް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ނުކުޅޭނެކަން ޔަގީންވެއްޖެއެވެ.
އެމެރިކާ ފުޓުބޯޅައިގެ ހާއްސަ އިވެންޓެއްގެ ގޮތުގައި ކުޅޭ އޯލް ސްޓާ މެޗުގައި މިފަހަރު އެމެރިކާ ލީގުގެ އެންމެ ވަރުގަދަ ޓީމާއި މެކްސިކޯ ލީގުގެ އެންމެ ވަރުގަދަ ޓީމު ވާދަކުރަން އޮތީ މިމަހުގެ 29 ވަނަ ދުވަހު، ބުދަ ދުވަހުއެވެ.
މިފަހަރުވެސް އޯލް ސްޓާ ޓީމުގައި މެސީ، ހޫގޯ ކިއުޕާސް، ރޮޑްރިގޯ ޑި ޕައުލް އަދި އެމްބެކެޒީލް އެމްބޮކާޒީ ހިމެނި ނަމަވެސް، އޭގެން އެއްވެސް ކުޅުންތެރިޔަކު މިފަހަރު މެޗުގައި ނުފެންނާނެ ކަން މިހާރު ވަނީ ޔަގީންވެފައެވެ.
އޭގެ ތެރެއިން ކިއުޕާސް އޯލް ސްޓާ މެޗުގައި ނުކުޅެން ނިންމާފައި ވަނީ އޭނާ ކުޅެމުންދިޔަ އެމެރިކާ ލީގުގެ ޗިކާގޯ ފަޔާސް ދޫކޮށް، މެކްސިކޯ ލީގުގެ ސީއެފް މިންޓެރޭއަށް ބަދަލުވެފައިވާތީއެވެ. އަދި މެސީއާއި ރޮޑްރިގޯ ޑި ޕައުލް މެޗުގައި ނުފެންނާނީ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާއާއެކު ކުޅެފައިވުމާއެކު ރެސްޓް ކުރުމުގެ ގޮތުންނެވެ. އެ ދެކުޅުންތެރިންނަށްވެސް ވަނީ މެޗުގައި ނުކުޅުނަސް މައްސަލައެއް ނެތް ކަމަށް އަންގާފައެވެ.
އޭގެ އިތުރުން އެމްބޮކާޒީ މެޗުގައި ނުކުޅެން ނިންމާފައި ވަނީ އަނިޔާގެ ސަބަބުންނެވެ.
މެސީ އެމެރިކާ ލީގަށް ބަދަލުވިފަހުން މިހާތަނަށް ފެނިގެންދިޔަ އޯލް ސްޓާ ތިން މެޗެއްގައިވެސް އޭނާ ފެނިގެން ނުދެއެވެ. 2024 ވަނަ އަހަރު އަނިޔާގެ ސަބަބުން މެސީ އެމެޗުގައި ފެނިގެން ގޮސްފައި ނުވާ އިރު، 2025 ވަނަ އަހަރުވެސް މެސީއަށް މެޗުން ފެނިގެން ނުދެއެވެ. އެއީ ޗުއްޓީއަށް ހާއްސަ ހުއްދައެއް ދިނުމުންނެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ކޮމެންޓް