މިއަދު ފާހަގަކުރަމުން އަންނަ ރާއްޖޭގެ 61 ވަނަ މިނިވަންދުވަގެ ހަރަކާތްތައް މާލޭގެ ބޮޑެތި މަގުތަކުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާތީ، މާލޭގެ އާރުޓީއެލް ބަސްރޫޓްތަކަށް ބަދަލުތަކެއް އަންނާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މިއަދު އާރުޓީއެލް ބަހުގެ އޯކިޑް ރޫޓް (ރޫޓް 10) އަދި އާރުޓީއެލް ބަހުގެ އަމީނީ ރޫޓް (ރޫޓް 11)ގެ ބަހުގެ ހިދުމަތް މިރޭގެ 18:00 އާއި ހަމަޔަށް، އިވެންޓް ނިމެންދެން މެދުކަނޑާލާނެ ކަމަށެވެ.
އޭގެ އިތުރުން 18:00 އިން އިވެންޓް ނިމެންދެން، އާރުޓީއެލް ބަހުގެ ރޫޓް 2 އަދި 8ގެ ބަސް ކާނިވަލް ސަރަހައްދަށް ދަތުރު ނުކުރާނެ ކަމަށެވެ. އޭގެ ބަދަލުުގައި ރޫޓް 2 އަދި 8ގެ ބަސްތައް ދަތުރު ނިންމާލާނީ މާފަންނު ބަސް ޓާމިނަލަށެވެ.
މާފަންނު ބަސް ޓާމިނަލުން އެ ރޫޓް ތަކަށް ކުރާ ދަތުރުގައި ރޫޓް އެކެއްގެ ބަސް ހުއްޓިތަކަށްވެސް މަޑުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެެވެ.
މި ކަމާގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން 1650 އިން ލިބޭނެ އެވެ.
ފާތިމަތު ލިއުޝާ
އާރުޓީއެލް މިނީ ބަސް
އާރުޓީއެލް މިނީ ބަސް
ކޮމެންޓް