އާޖެންޓީނާގެ ތަޖުރިބާކާރު ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ 17 އަހަރަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފިއެވެ.
އާޖެންޓީނާއާއެކު ދެ ފަހަރަށް ކޮޕާ އެމެރިކާއާއި ވޯލްޑް ކަޕްވެސް ހޯދާފައިވާ އޮޓަމެންޑީ، އުމުރުން 38 އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 139 މެޗަށްފަހުއެވެ. އޮޓަމެންޑީ ވަނީ މިއަހަރު ވޯލްޑް ކަޕް ފައިނަލަށްވެސް އާޖެންޓީނާއާއެކު ދަތުރު ކޮށްފައެވެ. އާޖެންޓީނާއިން ފައިނަލުގައި ސްޕެއިން ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ވަކި ހިސާބަކުން އޮޓަމެންޑީ ވަނީ ކުޅެން ނުކުމެފައެވެ. އެއީ ލިސާންޑްރޯ މާޓިނޭޒަށް އަނިޔާވުމާއެކުގައެވެ.
"މިއަދު އަހަންނަށް މި ޖެހެނީ އެންމެ އުނދަގޫ ނިންމުން ނިންމަން. ކަން ދިމާކުރިގޮތުން އަހަރެން ގައުމީ ޓީމަށް ކުޅުނު އެންމެ ފަހު މެޗަކީ ވޯލްޑް ކަޕް ފައިނަލް މެޗު. އެމެޗުން ބޭނުންވި ނަތީޖާއެއް ނުލިބުނު. އެކަމަކު އަހަރެން ގައުމީ ޓީމަށް މި ކުޅުން ހުއްޓާލަނީ އުފަލާއެކު. އަހަރެމެންގެ މި ޓީމަކީ އާޖެންޓީނާއަށްޓަކައި ކޮންމެ ގުރުބާނީއެއްވެސް ވާން ތައްޔާރަށް އޮތް ޓީމެއް،" އޮޓަމެންޑީ ބުންޏެވެ.
އޮޓަމެންޑީ، 16 އަހަރު ޔޫރަޕްގައި ކުޅުމަށްފަހު މިދިޔަ އަހަރު ވަނީ އަމިއްލަ ގައުމުގެ ރިވާ ޕްލޭޓަށް ސޮއިކޮށްފައެވެ. އޮޓަމެންޑީ ވަނީ ޕޯޓޯ، ވެލެންސިއާ، މެންޗެސްޓާ ސިޓީ އަދި ބެންފިކާއަށް ކުޅެފައެވެ.
އޮޓަމެންޑީ ވަނީ އާޖެންޓީނާއާއެކު ހަތަރު ވޯލްޑް ކަޕެއްގައި ކުޅެފައެވެ.
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ
ކޮމެންޓް