ދުނިޔޭ ފުޓުބޯޅައިގެ އެންމެ ބޮޑު ކާމިޔާބީ، ވޯލްޑް ކަޕްގެ އުފަލާއެކު އެކިއެކި ކުޅުންތެރިންނަށް ލިބޭ ހަދިޔާ ތަފާތުވެދާނެއެވެ. އެގައުމެއްގެ ހާއްސަ ހަދިޔާތައް ލިބުމުގެ އިތުރުން ކޮންމެ ކުޅުންތެެރިއެއްގެވެސް، އުފަން ރަށާއި އަވަށުން ދޭ ހަދިޔާވެސް ތަފާތުވެއެވެ. އެއީ ހަދިޔާ ދިނުން ގުޅިފައި ވަނީ ސަގާފަތާއި އާދަކާދަތަކާ ކަމަށްވުމާއެކުގައެވެ.
ސްޕެއިނުން 2026 ވަނަ އަހަރު ހޯދި ވޯލްޑް ކަޕާއެކު، ޓީމުގައި ހިމެނުނު ކުޅުންތެރިންނާއި އޮޕިޝަލުންގެ އުފަން އަވަށާއި ރަށްވެސް އެ ލިބެނީ ތަފާތު އުފާވެރިކަމެކެވެ. އެއީ ތަފާތު ތަޖުރިބާއަކަށްވެސް ވާނެއެވެ. ތަށްޓާއެކު ސްޕެއިނުން މެޑްރިޑަށް ގޮސް އުފާފާޅުކުރުމަށްފަހު، މިހާރު ކުޅުންތެރިން ވަނީ އަމިއްލަ އުފަން އަވަށްތަކަށް ގޮސްފައެވެ. އޭގެ ތެރެއިން ފަބިއަން ރުއިޒްއާއި ގަވީވެސް ވަނީ އުފަން އަވަށް ކަމަށްވާ ލޮސް ޕަލާސިއޯސް ވައި ވިލާފްރާންކާއަށް ގޮސްފައެވެ.
އެ އަވަށަކީ ސެވިއްޔާގެ ދެކުނުން 40،000 މީހުންގެ އާބާދީއެއް އޮތް ގައުމެކެވެ. ޕީއެސްޖީގެ ތަރި ރުއިޒްއާއި ބާސެލޯނާގެ ގަވީ އެނބުރި އަވަށް ދިޔުމާއެކު އެތައް ބަޔަކު މަރުހަބާ ކިޔާފައިވާ އިރު، ތަފާތު ހަދިޔާއެއްވެސް ދީފައިވެއެވެ. އެއީ ދެ ކުޅުންތެރިންގެ ބަރުދަނަށްވާ ވަރަށް ރޯ ޓޮމާޓޯއެވެ.
ރުއިޒްގެ ބަރުދަނުގައި 85 ކިލޯ ހުންނަ އިރު، ގަވީގެ ބަރުދަނަކީ 68.5 ކިލޯއެވެ. ޖުމުލަ އެކު ދެ ކުޅުންތެރިންނަށް ވަނީ 150 ކިލޯގެ ޓޮމާޓޯ ހަދިޔާ ކޮށްފައެވެ. އެ ހަދިޔާ އަރުވާފައި ވަނީ އެ އަވަށުގެ ތާރީހު ދުށް އެންމެ މޮޅު ދެ އެތުލީޓުންނަށް ދެ ކުޅުންތެރިންވެފައިވާ ކަމަށް ބުނެއެވެ.
އެ އިވެންޓަށް، އަވަށަށް ނިސްބަތްވާ ކުރީގެ ކުޅުންތެރިޔާ ޖީސަސް ނަވާސްވެސް ދިޔައެވެ. އަދި 2010 ގެ ކާމިޔާބީއަށް އަދިވެސް ޝަރަފު އެރުވުމަށް ނަވާސްއަށްވެސް ވަނީ ޓޮމާޓޯގެ ހަދިޔާ ދީފައެވެ. ލޮސް ޕަލާސިއޯސްއަށް ހާއްސަ ސަގާފަތަކީ މީގެ ކުރިންވެސް ފެނިގެން ގޮސްފައިވާ ސަގާފަތެކެވެ. އެގޮތުން ސްޕެއިނުން 2024 އަހަރު ޔޫރޯ ކާމިޔާބުކުރި ސްކޮޑުގައި ހިމެނުނު އެ އަވަށުގެ ކުޅުންތެރިންނަށްވެސް ޓޮމާޓޯގެ ހަދިޔާ ދީފައިވެއެވެ.
ލޮސް ޕަލާސިއޯސްގެ ޓައުން ހޯލުން އިސް ނަގައިގެން އެ ތިން އެތުލީޓުންގެ މޮނިއުމަންޓްތައްވެސް ހަދަން ނިންމާފައިވެއެވެ. އެ އަވަށުގެ ރައްޔިތުން ދެކޭ ގޮތުގައި ތިން އެތުލީޓުންގެ ކާމިޔާބީއާއެކުވެސް އެތައް ޖީލަކަށް ވަނީ ހިތްވަރު ލިބިފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް