ފްރާންސާ އަލަށް ހަވާލުވާ ކޯޗު، ޒައިނެއްދީން ޒިދާނާ ގައުމީ ޓީމު ހަވާލުކުރުމަށް، މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެންނަން ސަރުކާރުން މަސައްކަތް ފަށައިފިއެވެ.
ފްރާންސްގެ ކޯޗުކަމުގައި ޑިޑިއޭ ޑިޝޯމް، 14 އަހަރު ހުރުމަށްފަހު މަގާމު ދޫކޮށްލީ ވޯލްޑް ކަޕަށްފަހުއެވެ. ވޯލްޑް ކަޕްގެ ތިންވަނަ ހޮވި މެޗަށްފަހު ޑިޝޯމް މަގާމު ދޫކޮށްލާފައިވާ އިރު، 2012 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ގައުމީ ޓީމުގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމާއި 2022 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލް ކުޅުންވެސް ހިމެނެއެވެ.
ޑިޝޯމް މަގާމުން ދުރަށް ޖެހިލަން މަޝްވަރާ ކުރަން ފެށުމާއެކު ޒިދާން ވަނީ މަގާމަށް ޝައުގުވެރިވާކަން ހާމަކޮށްފައެވެ. ކުރިން ރެއާލް މެޑްރިޑާއެކު ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދި ޒިދާން، އަނބުރާ ކޯޗިންނަށް ނުކުންނަން ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އެގޮތުން ޒިދާން ގެންދަން ފްރާންސްގެ ފެޑަރޭޝަނުން ނިންމި ނަމަވެސް، މިހާރު ފައިނަލް ނުކުރެވި އޮތީ މުސާރަ ކަމަށްވެސް ނޫސްތައް ބުނެއެވެ.
ފްރާންސްގެ ގާނޫނުތައް ބުނާ ގޮތުން ގައުމީ ކޯޗުގެ މުސާރަ ދެވޭނެ އެންމެ ބޮޑު އަދަދަކީ 12،000 ޔޫރޯއެވެ. އެއީ ފްރާންސްގެ ސޯޝަލް ސެކިއުރިޓީ ސީލިންގުގެ މުސާރައަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ.
ހަބަރުތައް ބުނެފައި ވަނީ އެ އަދަދު މަތިކުރަން ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ކަމަށާއި، އެކަމުގެ ފަހު މަރުހަލާ މިހާރު ނިންމަމުންދާ ކަމަށެވެ. އަދި ގައުމީ ކޯޗަށް ވަކި ހާލަތެއްގައި އިތުރަށް މުސާރަ ދެވޭނެ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
ފްރާންސް މަޖިލީހުގެ ކަލްޗާ، އެޑިއުކޭޝަން، ކޮމިއުނިކޭޝަން އަދި ސްޕޯޓްސްގެ ޗެއާމަން ލޮރެންޓް ލަފޯން ވިދާޅުވެފައި ވަނީ ގައުމީ ކޯޗުގެ މުސާރަ ދިނުމުގައި ފްރާންސް ފެންވަރުގެ އެހެން ގައުމީ ޓީމުތަކަށް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ފްރާންސަކީ ސްޕެއިން، ޖަރުމަނު، އިންގްލެންޑް ފަދަ ގައުމީ ޓީމެއް ކަމަށާއި، އެ ގައުމުތަކުގެ ކޯޗުންނަށް ދޭ މުސާރަ ބަލައި ފްރާންސް ކޯޗަށް މުސާރަ އިތުރުކުރެވެން ޖެހޭ ކަމަށް ނޫސްތައް ބުނެއެވެ.
ޒިދާނަކީ ފްރާންސްގެ ލެޖެންޑަރީ ފުޓުބޯޅަ ކުޅުންތެރިއެކެވެ. ބެލޮންޑިއޯ ހޯދާފައިވާ ޒިދާން ވަނީ 1998 ވަނަ އަހަރު ފްރާންސާއެކު ވޯލްޑް ކަޕް ހޯދައިފައެވެ.
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް
ކޮމެންޓް