މިދިޔަ ސީޒަނަށްފަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލި ކަސެމީރޯ، އެމެރިކާގެ އިންޓަ މިއާމީއަށް ސޮއިކޮށްފިއެވެ.
ކަސެމީރޯ މިއާމީއަށް ސޮއިކޮށްފައި ވަނީ ހިލޭ ޓްރާންސްފާއެއްގައެވެ. ކަސެމީރޯ އިންޓަ މިއާމީއަށް ސޮއިކުރުމާއެކު މޭޖާ ލީގު ސޮކާއިން ދަނީ އެ މައްސަލަ ބަލަމުންނެވެ. އެއީ އެމެރިކާ ޓްރާންސްފާ ސިސްޓަމްގެ އުސޫލު އޮންނަ ގޮތުން، ކަސެމީރޯ "ޑިސްކަވަރީ ރައިޓްސް" އޮތް ކްލަބަކީ އެލްއޭ ގެލެކްސީ ކަމަށްވާތީއެވެ.
އެމެރިކާ ޓްރާންސްފާ މާކެޓް އޮންނަ ގޮތުން، ކްލަބަކުން ހޯދާ ކުޅުންތެރިޔާ "ޑިސްކަވަރީ ރައިޓްސް"ރިޒާވް ކުރެވިފައި އޮންނަނީ ވަކި ކްލަބެއްގެ އަތުގައެވެ. އެގޮތުން ހަބަރުތައް ބުނެފައި ވަނީ ކަސެމީރޯގެ ރައިޓްސް މާކުރިން އޮތީ ގެލެކްސީ އަތުގައި ކަމަށެެވެ.
އެމެރިކާގެ ނޫސްތަކުން ބުނީ އިންޓަ މިއާމީން ގެލެކްސީއާ ދެމެދު އެއްބަސްވުމަކަށް ގޮސްފައިވާ ނަމަވެސް، އެ މައްސަލަ މޭޖާ ލީގު ސޮކާއިން ދަނީ ބަލަމުން ކަމަށެވެ. އެއީ ެގެލެކްސީން މާކުރިން ޑިސްކަވަރީ ރައިޓްސް ހޯދި ކަމަށް ސޯޝަލް މީޑިއާގައި އިއުލާނު ކޮށްފައިވާތީއެވެ.
ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފައިވާ ކަސެމީރޯ އިންޓަ މިއާމީއާއާއެކު އެއްބަސްވުން ހެދީ 2029 ވަނަ އަހަރު ޖޫން މަހާ ހަމައަށެވެ. އުމުރުން 34 އަހަރުގެ ކަސެމީރޯ، ކުރިން ރެއާލް މެޑްރިޑަށް ކުޅުނު އަށް ސީޒަނުގައި ތިން ލީގު ތަށި ނެގިއެވެ.
ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވީ 2022 ވަނަ އަހަރުއެވެ. އެ ކްލަބާއެކު ކަސެމީރޯ ވަނީ ލީގު ކަޕާއި އެފްއޭ ކަޕް ހޯދައިފައެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ކޮމެންޓް